ވާލްޑް އެތުލެޓިކްސް އަންޑަރ 20 ޗެމްޕިއަންޝިޕް އޮންނާނީ ޕެރޫގައެވެ. ޕެރޫގެ ލީމާގައި މި މުބާރާތް އޮންނާނީ އަންނަ މަހުގެ 27-31 އަށެވެ. މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ރޫޔާ، 19، އަށް ލިބުނީ އެ ކެޓަގަރީން ރާއްޖޭގެ އެންމެ ބާރު އެތުލީޓު ކަމަށްވުމުންނެވެ.
ރޫޔާއަކީ ބޭންކް އޮފް މޯލްޑިވްސްގެ އެތުލީޓް ސްކޮލަޝިޕް ޓްރެއިނިން ޕްރޮގްރާމްގައި ޖެމެއިކާގައި ތަމްރީން ހަދާފައިވާ އެތްލީޓެކެވެ.
މިދިޔަ މާޗް މަހު، ޖެމެއިކާގައި ކުރިއަށްދިޔަ ވެލޯސިޓީ ފެސްޓް 14 ގައި ވާދަކޮށް، ރޫޔާ ވަނީ 200 މީޓަރު ދުވުމުގެގައުމީ ޖޫނިއާ ރެކޯޑް މުގުރާލައިފަ އެވެ. ރޫޔާ، ފަހުން ރެކޯޑް ހެދި ޓައިމިން އަކީ، 25.11 ސިކުންތެވެ.