ކޮޕަ އެމެރިކާގެ ސެމީ ފައިނަލުން އާޖެންޓީޏާ ފުރުސަތު ހޯދީ ޕެނަލްޓީ ޖަހައިގެން އެކުއެޑޯ ބަލިކޮށްގެންނެވެ. އެކުއެޑޯގެ މައްޗަށް އާޖެންޓީނާ ކުރި ހޯދީ ހަތަރު ލަނޑު ދެ ލަނޑުންނެވެ. ޕެނަލްޓީއަށް ދިޔައީ ފުރިހަމަ ވަގުތާ އިތުރު ވަގުތުވެސް އެއް ލަނޑު އެއް ލަނޑުން އެއްވަރުވުމުންނެވެ.
ޕެނަލްޓީގައި އާޖެންޓީނާ އިން ޖެހި ފުރަތަމަ ޕެނަލްޓީ މެސީ ފޮނުވާލި ނަމަވެސް ޕެނަލްޓީ ކާމިޔާބުވާ ގޮތެއް ނުވިއެވެ. މެސީގެ ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑި އަށެވެ. އެކުއެޑޯގެ ފުރަތަމަ ޕެނަލްޓީ އާޖެންޓީނާގެ ކީޕަރު މާޓިނޭޒް ވަނީ ދިފާއު ކޮށްފަ އެވެ.
އާޖެންޓީނާ އިން ސެމީގައި ކުޅޭނީ ކެނަޑާ އާއި ވެނެޒުއޭލާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.