ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އަލްމަރުޙޫމް މުހައްމަދުފުޅަކީ، 43 އަހަރަަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ހިދުމަތްކުރައްވާފައިވާ ބޭފުޅެއްކަމަށެވެ. އަދި ސަރުކާރުގެ ޚިދުމަތުން ރިޓަޔަރކުރެއްވިއިރު ހުންނެވީ ރައީސްގެ އޮފީހުގެ ސެކިއުރިޓީ އޮފިސަރެއްގެ މަގާމުގައިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަނީ މުޙައްމަދުފުޅު ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ، އެ މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުއާކުރައްވާފަ އެވެ.
މުހައްމަދުފުޅު ނިޔާވީ އުމުރުން 80 އަހަރުގަ އެވެ. ޖަނާޒާ އޮތީ މިރޭ އިޝާ ނަމާދަށް ފަހު އެވެ.