ads
އިމާދު ސޯލިހު
އެންޑީއޭގެ ސީއީއޯ އިމާދު މަގާމުން ވަކިކޮށްފި
ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ސީއީއޯގެ މަގާމުން އިމާދު ސޯލިހް ވަކި ކޮށްފި އެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އިމާދު މަގާމުން ވަކިކުރަން ނިންމާފައިވަނީ މި ސަރުކާރުން އަލަށް އެކުލަވާލި އެންޑީއޭގެ ބޯޑުން ބޭއްވި ފުރަތަމަ ބައްދަލުވުމުގަ އެވެ. 

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެންޑީއޭ ބޯޑުގެ ޗެއާޕާސަން ލުބްނާ ޒާހިރު ޗެއާކުރެއްވު މި ބައްދަލުވުމުގައި އެންޑީއޭ ހިންގުން މިހާރު ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ ހޯމް މިނިސްޓްރީގެ ޑެޕިިޔުޓީ މިނިސްޓަރ ރާޝީދު އާއި އެވެ. 

އިމާދު އެ މަގާމަށް އައްޔަންކުރީ މިދިޔަ ސަރުކާރުގައި، އެ މަގާމު ހުސްކޮށް އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން 1 ނޮވެމްބަރު 2022 ގަ އެވެ.

މިދިޔަ ސަރުކާރުން އެންޑީއޭ ފުރަތަމަ ހިންގީ ޖެންޑާ މިނިސްޓްރީގެ ދަށުންނެވެ. ނަމަވެސް ފަހުން މަސްތުވާތަކެތީގެ ފަރުވާއަކީ ސިއްހީ ހިދުމަތެއް ކަމަށް ކަނޑައަޅާ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރި އެވެ.

ނަމަވެސް މި ސަރުކާރުން މަސްތުވާތަކެތީގެ މައްސަލަ ގައުމީ ސަލަމާތާ ބެހޭ މައްސަލައެއްގެ ގޮތުގައި ކަނޑައަޅާ އެންޑީއޭ ވަނީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

އެންޑީއޭގެ މައިގަނޑު މަސްއޫލިއްޔަތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ މުޖުތަމައަށް ނެރުމުގެ މަސައްކަތް ކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް