ads
އަލީ ރަމީޒު
އައްޔަގެ ޔޫޓިއުބް ހެކްކޮށްފި، އެދުނީ ރިކަވާކުރަން އެހީއަށް
އަލި ރަމީޒުގެ ޔޫޓިއުބް ޗެނަލް ހެކްކޮށްފިއެވެ.
Advertisement

ރާއްޖޭގައި ލަވަކިޔުމުގައި އެންމެ އުހުގައި ހުރުމަށްފަހު އެ ކަން އެކޮށް ހުއްޓާލާ މިހާރު އައްޔަގެ އެންމެ މުހިއްމު މަސައްކަތެއްގެ ގޮތުގައި ދެކެ ކުރަނީ އިސްލާމް ދީނީގެ ދައުވަތު ފެތުރުމެވެ. 

އެ މަސައްކަތުގައި މުހިއްމު މެސެޖްތަކާއި އެނޫންވެސް މައުލޫމާތުތައް އޭނާގެ ރަސްމީ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް އަންނަނީ އާއްމު މީހާއާއި ހަމައަށް ގެނެސްދެމުންނެވެ. 

އައްޔަ ބުނީ އޭނާގެ ޔޫޓިއުބް ޗެނަލް ރޭ ބަޔަކު ހެކޮށްކޮށްފައިވާކަމަށެވެ. އެހެންކަމުން އެ ޗެނަލާއި އޭނާގެ މެއިލް ރިކަވާކުރުމަށް އެހީތެރިކަމަށް އައްޔަވަނީ އެދިފައެވެ. 

your imageއައްޔަގެ ޔޫޓިއުބް ޗެނަލް

ޔޫޓިއުބް ޗެނަލްގެ އިތުރުން އެހެނިހެން ބައެއް ސޯޝަލް މީޑިއާގެ ޕްލެޓް ފޯމުތަކުގައިވެސް އައްޔަ އަންނަނީ ދީނީ ދައުވަތު ފެތުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ދީނީ ޓީވީ ޕްރޮގްރާމްތައް ހުށައެޅުމުގައިވެސް އޭނާ އަންނަނީ އަވަދިނެތި މަސައްކަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް