ads
ގެފުޅުގެ އުރަކޮޅު ބަދަލުކުރުމުގެ ތެރެއިން
ގެފުޅުގެ އުރަކޮޅުގެ ބަރުދަނާއި އަގު އެނގޭތަ؟
ކޮންމެ އަހަރަކުވެސް އެއް ފަހަރު ގެފުޅުގެ އުރަކޮޅު ބަދަލުކުރެ އެވެ.
Advertisement

މިއަހަރުގެ އުރަކޮޅު ބަދަލުކުރުމަށްް ބާއްވާ ރަސްމިއްޔާތު އޮންނާނީ މިރޭ އިޝާނަމާދަށް ފަހުއެވެ. ކައުބަތުﷲ ގެފުޅު އުރަކޮޅު ނުވަތަ ކިސްވާ ބަދަލުކުރުން (ގިލާފް ކާބާ) އަކީ މީގެ އެތައް ޒަމާނެއް ކުރިންސުރެ ކުރަމުން އަންނަކަމެކެވެ. އިބްރާހިމް ގެފާނުގެ ދުވަސްވަރުން ފެށިގެން މިކަން ކުރަމުން އާދެއެވެ. 

އުރަކޮޅު "ކިސްވާ" ބަދަލުކުރަނީ ކޮން އިރަކު ކީއްވެ؟ 

ގެފުޅުގެ އުރަކޮޅުން ނުވަތަ ކިސްވާ ބަދަލުކުރަން ފެށީ ކޮންމެ އަހަރެއްގެވެސް ހައްޖުގެ އަޅުކަމަށް ދާ ހައްޖުވެރިންނަށް އަލްހާ އީދަށް މަރުހަބާ ކިޔުމުގެ ގޮތުންނެވެ. އެ މަގްސަދުގައި ހައްޖުގެ އުރަކޮޅު ފުރަތަމަ ބަދަލުކުރަން ފެށީ ހައްޖު މަހުގެ ފުރަތަމަ ދުވަހު އެވެ. އެހެންނަމަވެސް އެ ދުވަސްވަރަކީ ހައްޖުގެ އަޅުކަމަށްް މިލިއަނުން މައްކާއަށް މީހުން އަރާ ހަރަމްގައި ގިނަ އަދަދެއްގެ ބަޔަކު އުޅޭ ދުވަހަކަށް ވުމުން މިކަން ކުރާ ދުވަސް ބަދަލުކުރި އެވެ.

your imageގެފުޅުގެ އުރަކޮޅު ބަދަލުކުރަން ގެންދަނީ 

އޭގެފަހުން އުރަކޮޅު ބަދަލުކުރަން ފެށީ ހައްޖު ދުވަހުއެވެ. ސަބަބަކީ ހުރިހާ ހައްޖުވެރިން އެދުވަހު އަރާފާތުގައި ތިބިމުން ހަރަމްފުޅުގެ ބާރު ކުޑަވުމެވެ. އެހެންނަނަމަވެސް އޭގެ ފަހުންވެސް މި ދުވަހަށްް ސައުދީ ސަރުކާރުން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. މިހާރު ގެފުޅުގެ އުރަކޮޅު ބަދަލުކުރަމުން އަންނަނީ އިސްލާމީ އާ އަހަރު ފެށޭ ދުވަހާއި ދިމާކޮށް މުހައްރަމު މަހުގެ 1 ވަނަދުވަހު އެވެ. މިރެއަކީ މުހައްރަމު މަސް ފެށޭރޭކަމަށް ވުމުން މިއަހަރުގެ އުރަކޮޅު ބަދަލުކުރުން އޮންނާނީ މިރެ އެވެ. 

ގެފުޅުގެ އުރަކޮޅު ކުރިންވެސް ހުރީ ކަޅުގައިތަ؟ 

ގެފުޅުގެ އުރަކޮޅުގެ ކުލަ ވަނީ އެކި ފަހަރު މަތިން ބަދަލުތަކެއް އައިސްފައެވެ. މާތް ނަބިއްޔާ مُحَمَّدٌ رَسُولُ ٱللَّٰهِ صلى الله عليه وسلمގެ ޒަމާނުގައި ގެފުޅުގެ އުރަކޮޅު ހުރީ ކަޅާ ރަތުންނެވެ. އޭގެ ފަހުން ހުސް ރަތުންނާއި ހުސް ފެހިންވެސް އަދި ހުސް ހުދުންވެސް ގެފުޅުގެ އުރަކޮޅު ހަދާފައިވެ އެވެ. މި ބަދަލުތަކަށްފަހު ކަޅު ކުލަޔަށް ބަދަލުވީ ހިޖުރައިން 1300 ކުރީކޮޅު އެވެ. އޭގެފަހުން މިއަދާއި ހަމައަށްވެސް ކިސްވާގެ ކުލައަކީ ކަޅު ކުލަ އެވެ. 

ކިސްވާ އުފައްދުމަށް ވަކި ފެކްޓަރީއެއް 

ކުރިން ބުނެވޭ ގޮތުން ގެފުޅުގެ އުރަކޮޅަކީ އެ ކި ފަރާތްތަކުން ހަދިޔާކުރަމުން އައި ތަކެއްޗެވެ. އެހެންނަމަވެސް ސައުދީ ރަސްގެފާނު އަބްދުލް އަޒީޒް ވަނީ ކިސްވާ ވިޔުމަށް ވަކި ފެކްޓަރީއެއް މައްކާގައި ބިނާކޮށްފަ އެވެ. ހަރަމްފުޅާއި މާދުރު ނޫން ހިސާބެއްގައި ހުންނަ މި އިމާރާތުގައި މިކަމަށްް ހާއްސަ ޕެކްޓަރީއެއް އުފައްދާ ޒަމާނީ އާލަތްތައް ވަނީ ބޭނުންކުރަން ފަށާފަ އެވެ. 

your imageގެފުޅުގެ އުރަކޮޅުގައި ރަނުގެ ރޮދިން އަތުން ވިޔެގައިވާ ބައި 

އުރަކޮޅުގެ ބަރުދަނާއި އަގު އެނގޭތަ؟ 

ގެފުޅުގެ އުރަކޮޅު ވިޔުމަަށް އެކަމަށް ހާއްސަ ބަޔަކު ތިބެއެވެ. ގެފުޅުގެ އުރަކޮޅުގައި ވާ ގުރުއާނުގެ އާޔަޔްތަކާއި މާތް ﷲއާ އެކަލާނެގެ ނަބިއްޔާ مُحَمَّدٌ رَسُولُ ٱللَّٰهِ صلى الله عليه وسلمގެ ނަންފުޅުތައް ހުންނަ ބައިތަތަކީ އެއްވެސް މެޝިނަރީއެއް ބޭނުންނުކޮށް އަތުން ވިޔެފައި ހުންނަ ބައިތަކެވެ. ގެފުޅުގެ އުރަކޮޅުގައި ހަދާފައި ހުންނަނީ 670 ކިލޯގެ ގުދްރަތީ ސިލްކުންނެވެ. އަދި އެ އުރަކޮޅު ވިޔުމުގައި 120 ކިލޯގެ ރަން ރޮއްޖާއި 100 ކިލޯގެ ރިހި ރޮދި ބޭނުންކޮށްފައި ހުރެއެވެ. 

your imageގެފުޅުގެ އުރަކޮޅުގައި ރަނުގެ ރޮދިން ހުންނަ ބައި ވިޔުމުގައި 

ގެފުޅުގެ އުރަކޮޅުގެ ބަރުދަނުގައި 1300 ކިލޯ ހުރެއެވެ. އަދި މި އުރަކޮޅުގެ އަގު 20 މިލިއަން ރިޔާލަށް އަރައެވެ.

your imageގެފުޅުގެ އުރަކޮޅު ހަރަމަށް ގެންދިޔުމުގެ މަސައްކަތުގައ

އުރަކޮޅު އުފުލުމަށް ހާއްސަ އުޅަނދެއް، ވަކި ބަޔެއް

ގެފުޅުގެ އުރަކޮޅު ބަދަލުކުރުމުގެ ރަސްްމިއްޔާތު (ގިލާފް ކާބާ) އަކީ އެކަމުގައި އެތައް ބަޔަކު ޝާމިލުވާ މަސައްކަތެކެވެ. ފެކްޓަރީގައި ކިސްވާގެ މަސައްކަތް ނިންމުމަށްފަހު ރަނގަޅަށް ބަންދުކޮށް އެ ކިސްވާ ހަރަމަށް އުފުލަނީ އެކަމަށް ހާއްސަ އުޅަނދެއްގެ އެވެ. މި އުޅަނދުގެ ދިގުމިނަކީ ގެފުޅުގެ އުސްމިނުގެ ދިގުމިނެވެ. ކިސްވާ އުފުލުމަށް ވަކިން ހާއްސަ ބައެއް ތިބެެ އެވެ. އަދި މިމީހުން ފެކްޓަރީ ނެރިގެން ހަރަމާއި ހަމައަށް ގެންދިޔުމުގައި ހިންގާ ހުރިހާކަމެއްގައި ބައިވެރިވެ އެވެ. 

your imageގެފުޅުގެ އުރަކޮޅު ބަދަލުކުރަނީ 

ގެފުޅުގެ އުރަކޮޅު ބަދަލުކުރުމުގެ ކަންކަންވެސް ރާވަފައިވަނީ ވަރަށް ފުރިހަމަކޮށެވެ. މި މަސައްކަތުގައި 150 ވުރެ ގިނަ މީހުން ބައިވެރިވެ އެވެ. އެކަމުގައި ކިސްވާ ފެހުމުގައި އިސްކޮށް އުޅުނު ބައެއް މީހުންވެސް ހިމެނެ އެވެ. ގެފުޅުގެ އުރަކޮޅު ނަގާ އާ އުރަކޮޅު ގެފުޅުގައި އަޅުވަނީ އުރަކޮޅު ނެތި ގެފުޅުގެ އެއްވެސް ބައެއް ކަޝްފު ނުވާނޭހެން އެހާ ފުރިހަމަކޮށް ބަލަމުންނެވެ. ކުރިން އިން އުރަކޮޅު އެއްކޮށް ދޫކޮށް ވައްޓާލަނީ އޭގެ މައްޗަށް ފަހު ގެނައި އުރަކޮޅު އަރުވާ ރަނގަޅަށް ހަމަޖެއްސުމަށްފަހު އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް