އިޓަލީ، ޔޫރޯއިން ކެޓީ ދެވަނަ ބުރުގައި ސްވިޒްލޭންޑް އަތުން ދެ ލަނޑު ސުން ލަނޑުން ބަލިވެގެންނެވެ. އެ މެޗުން ކެޓުމުން، އިޓަލީގެ ޒުވާން ޑިފެންޑަރު ކަލަފިއޯރީ އައީ ރާއްޖެއަށް ޗުއްޓީއަށެވެ. އެ މެޗުން ބަލިވެ އިޓަލީ ކެޓިނަމަވެސް އޭނާ އެ މެޗުގައި ނުކުޅެއެވެ. އޭނާ ހުރީ ރާއްޖޭގެ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެއެވެ. ރާއްޖެ އައިސް ނަގާފައިވާ ފޮޓޯތަކެއް އޭނާގެ ލޯބިވެރިޔާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ކަލަފިއޯރީގެ ކުޅުން ފެނި ބޮޑެތި ބައެއް ކްލަބްތަކުން އޭނާގެ ސޮއި ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ކަލަފިއޯރީގެ ސޮއި ހޯދުމުގެ ރޭހުގައި އެންމެ ކުރީގައި އުޅެނީ، އާސެނަލްއެވެ.