ޓޯނީ ކްރޫސް ވޭތިވެދިޔަ 10 ވަރަކަށް އަހަރުވެސް ބޭނުންކުރީ، އެޑިޑާސްގެ އެޑިޕިޔޯ 11 ޕްރޯ ބޫޓެވެ. ޓޯނީ ކްރޫސް ކުޅުން ހުއްޓާލުމުން އެޑިޑާސްއިންވަނީ އޭނާގެ ޝަރަފުގައި އެ ބޫޓުގެ ނަން ޓީކޭޕްރޯ އަށް ބަދަލުކޮށްފައެވެ. އެއީ 2013 ވަނަ އަހަރު އެޑިޑާސްއިން އާއްމު ކުރި ސީރީސްއެކެވެ. އޭރުއްސުރެ ޓޯނީ ކްރޫސް ބޭނުން ކުރަމުން އައީ އެ ބޫޓެވެ.
ޓޯނީ ކްރޫސް ރަސްމީކޮށް ބޯޅަ ކުޅުން ހުއްޓާލީ، ޔޫރޯގެ ކުއާޓާގައި ސްޕެއިން އަތުން ބަލިވި މެޗާއެކުއެވެ. ޔޫރޯ ފެށުމުގެ ކުރިން ޓޯނީ ކްރޫސްވަނީ ޔޫރޯއަށް ފަހު ބޯޅަ ކުޅުން ހުއްޓާލާނެ ކަމަށް އިއުލާންކޮށްފައެވެ. ކްލަބު ފުޓްބޯޅައިގައި އޭނާގެ އެންމެ ފަހު މެޗަކީ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗެވެ.