ޕެޑްރީއަށް އަނިޔާވީ، ޔޫރޯ މުބާރާތުގެ ކުއާޓާ ފައިނަލްގައި ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގައެވެ. ޖަރުމަނު އަތުން ސްޕެއިން މޮޅުވި މެޗުގައި ޕެޑްރީއަށް އަނިޔާވީ ޖަރުމަނުގެ ޓޯނީ ކްރޫސް ކުރި ފައިލަކުންނެވެ. މި އަނިޔާއާއެކު ޕެޑްރީއަށް ޔޫރޯގައި ދެން ނުކުޅެވޭނެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ޕެޑްރީ އަލުން އެނބުރި ކުޅުމުގެ ތެރެއަށް އަންނަން އެންމެ މަދުވެގެންވެސް މަހެއްހާ ދުވަސް ނަގާނެއެވެ.
ޕެޑްރީގެ ވާތު ކަކުލުގެ ލެޓެރަލް ލިގަމެންޓަށްވަނީ އަނިޔާވެފައެވެ. ކްލަބުގެ ސީޒަން ފެށޭއިރުވެސް ޕެޑްރީއަށް ކުޅެވޭނެ ކަމަކަށް ނުބެލެވެއެވެ. އާ ސީޒަންގައި ބާސެލޯނާގެ ފުރަތަމަ މެޗު އޮތީ، އަންނަ މަހުގެ 17 ވަނަ ދުވަހުގެ ރެއެވެ.