ads
އެމްއެމްއޭ ގަވަރުނަރު އަލީ ހާޝިމް———
ގަވަރުނަރު މާދަމާ ކޮމެޓީއަށް ހާޒިރު ކުރަނީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ހުށައަޅާފައިވާ މައްސަލާގައި މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
Advertisement

ގަވަރުނަރު ހާޒިރުކުރަނީ މާދަމާ 11:00 ގައި އޮންނަ ކޮމެޓީ ބައްދަލުވުމަށެވެ. ހާޝިމްއާއެކު ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދާއި އެސިސްޓެންޓް ގަވަރުނަރު އިދުހާމް ހުސެއިން ވެސް މާދަމާގެ ކޮމިޓީ ބައްދަލުވުމަށް ވަޑައިގަންނަވާނެ އެވެ.

ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒަށް ލަދާފޭން މާލިއްޔަތު ކޮމެޓީން ނިންމި ނިންމުން  މަޖިލީހުން ވަނީ ބަލައިގެންފައެވެ. އަދި އެ މައްސަލަ ދިރާސާކުރުމަށް ވަނީ އެ ކޮމެޓީއަށް އަލުން ފޮނުވާފައެވެ

ގަވަރުނަރު ޖަވާބުދާރީވުމަށް މިމަހުގެ 15 ވަނަ ދުވަހު ކޮމެޓީއަށް ހާޒިރުކުރަން ވަނީ ފާސްކޮށްފައެވެ. މީގެއިތުރުން ގަވަރުނަރު ހާޝިމްގެ އަރިހުން ކަަމަކަށް އެދިގެން އެއްބާރުލުން ނުދެއްވާ އޮތްތޯ ބެލުމަށް ފިނޭންސް މިނިސްޓަރަށް ސިޓީއެއް ފޮނުއްވަންވެސް އެ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ހާޝިމް ވަކިކުރަން ކޮމެޓީއަށް ހުށައަޅުއްވަމުން ނާޒިމް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ބެންކުތަކާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން އާންމުންނަށް ލޯނު ދޫކުރާވަރު ނުސީދާކޮށް ހިފަހައްޓައި ބެންކުތަކުގެ ރިޒާވް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ބާރު އަޅާކަމަށް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން އިގުތިސާދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގުތިސާދީ މަސައްކަތްތައް ހުއްޓި އިގުތިސާދުގެ ދުވެލި މަޑުޖެހެމުންދާމަށްވެސް ނާޒިމް ވިދާޅުވިއެވެ. 

މީގެއިތުރުން ހޯމް މިނިސްޓްރީ އާއި ފުލުހުން ހިއްސާ ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ކުށްކުރުން ހުއްޓުވަން ހުރި ގޮންޖެހުންތަކުގެ ތެރޭގައި އެމްއެމްއޭގެ ގަވައިދުތައް އަޕްޑޭޓް ނުކުރާ މައްސަލަ ފާހަގަކޮށްފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް