ރައީސް މުއިއްޒު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވައިފި ވަރަށް ބޮޑުތަނުން ހަރަދު ކުޑަވާނެ ކަމަށާއި އެއިރުން ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށެވެ.
ދެ އިންތިހާބު އެއްކޮށް ބާއްވާ ނަމަ ގާނޫނުއަސާސީ ބުނާ ގޮތުން ދާންޖެހެނީ އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށެވެ. އެފަދަ ވޯޓަކަށް ގޮސްފި ނަމަ އެ އިސްލާހަށް ތާއީދު ކުރުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.