ads
ރާއްޖޭގައި ހިންގި ބޮޑު އެއް ވައްކަން ކަމުގައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބައިވެރިން ކަމަށް އަލްޖަޒީރާއިން ބުނާ ބައެއް މީހުންގެ ފޮޓޯ - ފޮޓޯ: އަލްޖަޒީރާ
ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ
ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމަށް ހާއްސަ، އެސެޓް ރިކަވަރީ ގާނޫނެއް ހެދުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ވެރިކަން ހިންގާ ޕީއެންސީން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ވައްކަންކޮށްފައިވާ މީހުންނަށް ހަގީގީ އަދަބު ލިބިދޭންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ އެކަން އެންމެ ރަނގަޅަށް ކުރެވޭނީ ގާނޫނެއް ހަދައިގެން ކަމަށެވެ.

"ކޮރަޕްޝަންގެ އެކި ކަހަލަ ނުބައި އަމަލުތައް ހިންގައިގެން ރައްޔިތުންގެ ފައިސާއިން ކޮށްފައިވާ ވައްކަންތައް ބަލައި ހަގީގީ އިހުލާސްތެރި ގޮތެއްގައި އެކަންކަން ބަލައި އެ ވައްކަން ކުރި ފަރާތްތަކަށް ދޭންޖެހޭ އަދަބު ދީ، އެ އެސެޓުތައް ރިކަވާ ކުރެވެންޖެހޭ،" ރައީސް ވިދާޅުވި އެވެ.

އެ ގާނޫނު ފަރުމާ ކުރާއިރު، ރާއްޖެއިން ބޭރުގައި ރައްކާކޮށްފައި ހުރި ވަގު ފައިސާ ވެސް ހޯދަން ފަސޭހަވާނެ ގޮތަކަށް ގާނޫނު ބައްޓަން ކުރައްވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުން ގެއްލުނު ފައިސާ ހޯދައި، ކުށްވެރިވާ މީހުންނަށް ހައްގު އަދަބު ދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކޮރަޕްޝަނަކީ ސަރުކާރު ތެރޭގައި އަބަދު ހިނގަ ހިނގާ އޮންނަ ކަމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރާނެ ކަމަށެވެ. ރައްޔިތުންގެ ފައިސާ ހޯދަން ބަލާއިރު އެންމެ ބޮޑު މައްސަލައަކީ އެމްއެމްޕީއާރްސީގެ ތެރެއިން ގެއްލިފައިވާ ފައިސާގެ މައްސަލަ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންކަމުން އެންމެ އިސްކަމެއްދޭނެ އެއް މައްސަލައަކީ އެ ހިޔާނާތުގެ ތެރެއިން ގެއްލިފައިވާ ފައިސާ ހޯދައި، އެކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ އެއީ ކޮންމެ މީހެއް ކަމުގައި ވިޔަސް، އެ މީހަކަށް ދޭންޖެހޭ ހައްގު އަދަބު މި ސަރުކާރުން ދީ، އެ ފައިސާ ރައްޔިތުންނަށް ހޯދަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން" ރައީސް ވިދާޅުވި އެވެ.

އެެހެން ނަމަވެސް ރައީސް ވިދާޅުވީ އެކަމުގައި ބައިވެރިވި މީހެއް ކަމުގައި ސާބިތުކުރެވެން ޖެހޭނީ އިންސާފުވެރިކަމާ އެކުގައި ކަމަށެވެ. އަދި އެ މީހަކު އެކަމުގައި ޝާމިލްވަނީ އެ ނިޔަތުގައި ކަމުގައި ވާނަމަ އެމީހަކަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް