ads
އޭޑީކޭއަށް ދައުލަތުން ދޭންޖެހޭ 144 މިލިއަން ހޯދަން ކޮމެޓީއަށް
އެޑީކޭ ހޮސްޕިޓަަލަޑް ދައުލަތުން ލިބެންޖެހޭ ފައިސާ ހޯދުމުގައި އެހީތެރިކަން ދިނުމަށް އެ ހޮސްޕިޓަލުން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އެދެފިއެވެ.

އެ ހޮސްޕިޓަލުން މާލިއްޔަތު ކޮމެޓީއަށް ފޮނުވި ސިޓީއެއްގައި އެދިފައިވަނީ މިދިޔަ ސަރުކާރު ނިމުނުއިރު އެ ހޮސްޕިޓަަލަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ހޯދާދިނުމަށެވެ.

އޭޑީކޭއިން ބުނީ މިދިޔަ އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް ދައުލަތުން އެ ހޮސްޕިޓަަލަށް ދައްކަން ޖެހޭ އަދަދު 144،376،112 ރުފިޔާއަށް އަރާކަމަށެވެ. އޭގެތެރޭގައި ފައިސާ ނުދައްކާތާ 3 މަސްވެފައިވާ ބިލްތައް އެބަހުރިކަމަށާއި އެ އަދަދު 78،555،528 ރުފިޔާއަށް އަރާކަމަށްވެސް ބުނެފައިވެއެވެ. 

ދައުލަތުން އޭޑީކޭއަށް ދައްކަންޖެހޭ މި ފައިސާއަކީ ސަރުކާރުގެ އެކި އެކި މުއައްސަސާތަކަށް ދީފައިވާ ހިދުމަތްތަކާއި އާސަންދަ އާއި އެންސްޕާގެ ދަށުން ދީފައިވާ ހިދުމަތްތަކަށް ލިބެންޖެހޭ ފައިސާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި މި ބިލްތައް ފޮނުވިފަހު އެތައް މަހެއްވެފައިވާއިރު އެ ފައިސާ ނުލިބިވާތީ ފައިސާ ހޯދާދިނުމަށް މާލިއްޔަތު ކޮމެޓީން އެހީތެރިކަން ހޯދާދިނުމަށް އޭޑީކޭއިން ވަނީ އެދިފައެވެ. 

ކޮމެޓީން މިއަދު ނިންމީ މީގެތެރެއިން މިހާތަނަށް ނުލިބި ވަނީ ކިހާ އަދަދެއްގެ ފައިސާއެއްތޯ ބަލަން އޭޑީކޭއަށް ސިޓީއެއް ފޮނުވުމަށެވެ.

ރާއްޖޭގައި ހިންގާ އަމިއްލަ އެންމެ ބޮޑު ހޮސްްޕިޓަލް އޭޑީކޭއިން މި ސިޓީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ފޮނުވީ މިދިޔަ ނޮވްމެބަރު މަހުގެ ތެރޭގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް