ads
މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން
އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް ހިސާން އައްޔަންކުރަނީ
އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު ހިސާން ހުސެއިން އައްޔަންކުރަން ހުށައަޅައިފިއެވެ.

އެމްޑީޕީގެ ނައިބު ރައީސްގެ މަގާމު ހުސްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު އެމްޑީޕީން ވަކިވެ ޑިމޮކްރެޓްއާ ގުޅުމުންނެވެ. 

އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް މީހަކު އައްޔަންކުރެވޭނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ ރުހުން ލިބިގެންނެވެ. ހިސާން އެ މަގާމަށް އައްޔަންކުރަން ޤައުމީ މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ހުށައެޅުއްވީ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ. 

ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސްކަމުގައިވެސް ހުންނެވި ހިސާންގެ ނަން ނައިބު ރައީސްކަމަށް ހުށައެޅުއްވިކަން އިއުލާންކުރައްވާ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވަނީ ހިސާންގެ މަސައްކަތެއް ފާހަގަކުރައްވާ އޭނާއަށް ތައުރީފުކުރައްވާފައެވެ. 

" ހިސާން ހުސެއިން މިޕާޓީއަށާއި، ޕާޓީގެ މެމްބަރުންނަށް ކޮށްދެއްވާފައިވާ އިހްލާސްތެރި ގިނަގުނަ ހިދުމަތްތަކަށް ބަލާއިރު، އެކަމަނާއަކީ މި މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅެއްކަމަށް އަޅުގަނޑު ދެކެމެވެ. އެމްޑީޕީގެ ލީޑަރޝިޕްގައި މިވަގުތު އަންހެން ބޭފުޅުން މަދުކަމާއެކު މި ނިންމުމުގައި އެކަމަށްވެސް އަޅުގަޑު ވިސްނުން ބަހައްޓާފައިވާނެއެވެ." ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.

ޝާހިދުގެ މި ނިންމެވުމަށް ހިސާން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ޕާޓީގައި ހުރިހާ މެމްބަރުން އެހީތެރިކަމާއި ތާއީދު ބޭނުންވާކަމަށްވެސް ހިސާން ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް