ads
ވ. އަތޮޅު ބޮޑުފިނޮޅު ހިމެނޭ ސަރަހައްދު
ބޮޑުފިނޮޅު ދިނީ ގާނޫނާއި ހިލާފަށް، ބާތިލުކޮށްދީ: ވ. އަތޮޅު ކައުންސިލް
ވ. އަތޮޅު ބޮޑުފިނޮޅު ބަޔަކަށް ކުއަޔްދޭން ސަރުކާރުން ނިންމާފައިވަނީ ގާނޫނާއި ހިލާފަށްކަމަށައި އެ ނިންމުން ބާތިލުކޮށްދިނުމަށް އެ އަތޮޅު ކައުންސިލުން ގޮވާލައިފިއެވެ.
Advertisement

ވ.ބޮޑުފިނޮޅަކީ ވ.އަތޮޅާއި ކ.އަތޮޅުގެ ގެސްޓް ހައުސްތަކުން އަދި ރިޒޯޓްތަކުން ބޮޑު އާމްދަނީއެއް ހޯދަމުން އަންނަ ތަނެއްކަމަށް ބުނެ އެތަން ސަރުކާރުން ވިއްކާލައިފިކަމަށް ބުނެ އެ އަތޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާއި ގުޅިގެން ވ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އިމްތިޔާޒް ސޮއިކޮށް ޓްއަރިޒަމް މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ބުނެފއިވަނީ އެ އަތޮޅުގެ އިހްތިސާސްގައި ހިމެނޭ ތަނެއް ކުއްޔަށް ދޫކުރަން ނިންމާފައިވަނީ ލާމަރުކަޒީ ގާނޫނާއި ހިލާފަށްކަމަށެވެ. އެ ކައުންސިލުން ބުނީ އަތޮޅު ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގެ ތެރޭގައި ހިމެނޭ ތަނެއް ކުއްޔަށް ދެވޭނީ އަތޮޅު ކައުންސިލާއި މަޝްވަރާކޮށްކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނާއިރު އެކަން މިނިސްޓްރީން ކޮށްފައިވަނީ ވ. އަތޮޅު ކައުންސިލުން މަޝްވަރާކުރުމެއް ނެތި ގާނޫނާއި ހިލާފަށްކަމަށެވެ. 

އަދި ސަރުކާރުގެ މި ނިންމުގެ ސަބަބުން ވ. އަތޮޅުގެ އިތުރުން  އއ، އދ، އަދި މާލެ އަތޮޅުގެ ފަތުރުވެރިކަމުގައި ދާއިރާގައި އުޅޭ ފަރާތްތަކަށް އަގު ނުކުރެވޭވަރުގެ ގެއްލުންތަކެއް ލިބިގެންދާނެކަމެއްމަށެވެ. 

" އަތޮޅުގެ ފަތުރުވެރިކަމުގައި ވިޔަފާރިތަކާއި އަދި ޖުމްލަކޮށް އަތޮޅުގެ ހުރިހާ ރައްޔިތުންގެ މަސްލަހަތު ހިމެނޭކަމަކަށް މިކަން ވީ ހިނދު މި ފިނޮޅު ކުއްޔަށްް ދިނުމަކީ ހަމަނުޖެހުމާއި ފަސާދައަށް ހުޅުވިގެންދާ ދޮރަކަށްވުމުގެ ފުރުސަތު ބޮޑުވުމުން މިފަދަ ކަމއް ހިނގުމަކީ މި ކައުންސިލުން އެދޭގޮތެއް ނޫންކަމުގައި ދަންނަވަން." ވ އަތޮޅު ކައުންސިލުން ޓްއަރިޒަމް މިނިސްޓްރީއަށް ފޮނުވި ސީޓީގައި ވެއެވެ.

އެ ކައުންސިލުން ވަނީ ޓްއަރިޒަމް މިނިސްޓްރީގެ ނިންމުން ބާތިލުކޮށްދިނުމަށް އެދިފައެވެ.

ވ. އަތޮޅު ބޮޑުފިނޮޅާއި އެ ފިނޮޅުގެ ފަޅު ވިއްކާލާފައިވަނީ 729،000 ޑޮލަރަށް (11.2 މިލިއަން ރުފިޔާ) ކަމަށް ވެއެވެ. މިކަމާއި ގުޅިގެން އެ އަތޮޅު ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގު ހުސައިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.  

ވ. އަތޮޅު ބޮޑުފިނޮޅު ހިމެނޭ ގޮތަށް ފަތުރުވެރިކަން ތަރައްޤީކުރަން 17 ތަނަކަށްް ޕްރޮޕޯޒަލް ހުށައެޅުމަށް ޓްއަރިޒަމް މިނިސްޓްރީން ހުޅުވާލީ މި އަހަރުގެ މޭ މަހުގެ 30 ވަނަދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް