މިއަދު އެމްކިއުއޭ އިން ކުރިއަށް ގެންދިޔަ މީޑިއާ ބްރީފިންގައި ސީއިއޯ ފިޒާނާ ވިދާޅުވީ ގުރުއާނާ ބެހޭ ދާއިރާއިން އީ ލާނިން މެދުވެރިކޮށް ކިޔެވުން ކުރިއަށް ގެންދެވިދާނެދޯ ނޫނީ ނުގެންދެވޭތޯ އިސްލާމިކް މިނިސްޓްރީއަށް ސުވާލު ހުށަހަޅާފައިވާކަަމަށެވެ.
މިކަމާގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދު ވިދާޅުވީ ރާއްޖޭގައި ކޯސްތައް އޮންލައިންކޮށް ކިޔަވައިދިނުމުގެ ގައިޑްލައިނެއް އާންމުކުރީންސުރެ، އޮންލައިންކޮށް ކިޔަވައިނުދެވޭނެ 8 ދާއިރާއެއް ހިމެނޭ ކަމަށެވެ. އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީން ކިޔަވައިނުދެވޭނެ ކަމަށް މިހާތަނަށް ކަނޑައަޅާފައިވާ 8 ދާއިރާގެ ތެރޭގައި ގުރުއާނުގެ ކޯސްތައްވެސް ހިމެނެ އެވެ.
ފިޒާނާ ވިދާޅުވީ ގައިޑްލައިންގައި އޮންލައިންކޮށް ކިޔަވައިނުދެވޭނެ ކަމަށްބުނާ ދާއިރާތަކުގެ ކޯސްތައް، ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކައިގެން އޮންލައިންކޮށް ކިޔަވައިދެވޭތޯ ބަލަމުންދާ ކަމަށެވެ. މިގޮތުން ގުރުއާނުގެ ދާއިރާގައި ހިމެނޭ ކޯސްތައް ހިންގުމުގެ ހުއްދައަށް އެދުމުން އެ ހުއްދަ ދީފައިވާކަން ފިޒާނާ ފާހަގަކުރެއްވިއެވެ.
އެފަދައިން އިސްލާމިކް މިނިސްޓްރީން ޖަވާބުދެއްވާފައި އޮތްކަމުން އެމްކިއުއޭއިން ގުރުއާން ކިޔަވައިދެއްވާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓާވެފައިވާ އެމްކިއުއޭގެ ކޯސްތައް ހުށަހަޅާފައި ހުރިތަންތަނަށް ސިޓީއެއް ހުށަހަޅުއްވާނެކަމަށް ފިޒާނާ ވިދާޅުވި އެވެ.
މީގެއިތުރުން ގުރުއާންގެ ކޯސްތައް އޮންލައިންކޮށް ހިންގުނު ކަމުގައިވިޔަސް އިމްތިހާން އޮންނަނީ "ފޭސް 2 ފޭސް" ކޮށް ކިޔަވައިދޭގޮތަށްކަަމަށް ފިޒާނާ ވިދާޅުވި އެވެ. އެކަން އެގޮތަށް ހަަމަޖެއްސެވީ ވަރަށް ބައިވަރު ސަބަބުތަކާވެސް ހުރެކަމަށް ފިޒާނަ ފާހަގަކުރެއްވި އެވެ.
މީގެ ކުރިންވެސް ގުރުއާން ކޯސްތައް އޮންލައިންކޮށް ކިޔަވައިދިނެވެ. މެދުކަނޑާލުމަކަށްފަހު އަނެއްކާވެސް މި ކޯސްތައް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު މިވަނީ ފަހިވެފަ އެވެ.