ads
ކޮރެއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، މިޔޮން ލީ
ރާއްޖެއަށް ކަނޑައެޅުއްވި ތިން ސަފީރަކު ރައީސަށް ފަތްކޮޅު އަރުވައިފި
ރާއްޖެއަށް ބޭރުގެ ތިން ގައުމަކުން ކަނޑައެޅުއްވި ސަފީރުުން ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފިއެވެ.
Advertisement

މިއަދު ފަތްކޮޅު އެރުވި ސަފީރުންނަކީ ކޮރެއާގެ އައު ސަފީރާއި ތައިލެންޑްގެ އައު ސަފީރާއި ރޫމޭނިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުއެވެ. 

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

ކޮރެއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު،  މިޔޮން ލީއެވެ. ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ސިއްހީ ދާއިރާ ތަރައްޤީކުރުމާއި، ފަތުރުވެރިކަމާއި، އާންމު ސިއްހަތާއި ގުޅޭ ދާއިރާއިން ފަންނީ ޤާބިލުކަން ތަރައްޤީކުރުމާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނޭކަމަށް ރައީސް އޮފީހުން ބުނެއެވެ. 

your imageތައިލެންޑްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޕައިޓޫން މަހާޕަންނާޕޮން

ދެން މިއަދު ސަފީރިކަމުގެ ފަތޮޅު އެރުވީ ތައިލެންޑްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޕައިޓޫން މަހާޕަންނާޕޮންއެވެ. މި ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ސިއްހީ ދާއިރާ ފުޅާކުރުމާއި، ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްގެ އިތުރުން އިންސާނީ ވަސީލަތާއި ޤާބިލުކަން އިތުރުކުރުން ހިމެނޭކަމަށް ރައީސް އޮފީހުން ބުނެއެވެ. 

your imageރޫމޭނިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ސްޓެލުޓާ އާރިހަޔާ

މިއަދު ސަފީރުކަމުގެ ފަތްކޮޅު އެރުވި އަނެއް ބޭފުޅަކީ ރޫމޭނިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ސްޓެލުޓާ އާރިހަޔާއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކާދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމާއި ވިޔަފާރިއާއި ފަތުރުވެރިކަން ފުޅާކުރުމާއި ދެޤައުމަށް ފައިދާހުރި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުން ހިމެނޭކަމަށް ރައީސް އޮފީހުން ބުނެއެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް