ads
އިންޑިޔާ ޓީމުގެ ވިރާތު ކޯލީ އަދި ރޯހިތް ޝަރުމާ
އިންޑިޔާ ކްރިކެޓް ޓީމަށް ރާއްޖޭގައި ޗުއްޓީ ކުރުމުގެ ދައުވަތު
އެމެރިކާގައި އިހައްދުވަހު ނިމުނު ޓީޓުވެންޓީ ކްރިކެޓް ވޯލްޑްކަޕް ކާމިޔާބު ކުރި އިންޑިޔާ ޓީމު، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ދައުވަތު އެމްއެމްޕީއާރުސީއާއި މަޓީން އެ ޓީމަށް ދީފިއެވެ.

އެމްއެމްޕީއާރުސީން ބުނީ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުން މި އަހަރުގެ ކްރިކެޓް ވޯލްޑް ކަޕްގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރާއްޖެ އައުމަށް ހާއްސަ ދައުވަތެއް ދީފައިވާ ކަމަށެވެ. އިންޑިޔާއިން އެ މުބާރާތް ކާމިޔާބު ކުރީ ފައިނަލްގައި ސައުތު އެފްރިކާ ބަލިކޮށްގެންނެވެ

"ޓީމް ރާއްޖޭގައި ހޯސްޓްކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، ހަނދާނުން ފޮހެލަން ދަތި މަލަމަތިތަކާއި ރިލެކްޝޭޝަން އާއި ޕާސަނަލައިޒްޑް މެހުމާންދާރީ އަދި ތަފާތު އެކި ތަޖުރިބާތައް ރާއްޖެއިން ލިބެން ހުރިކަން މި [ދައުވަތުގެ] ސިޓީގައި ފާހަގަކޮށްފަ އެވެ. މި ދައުވަތުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ވަރުގަދަ ސަގާފީ އަދި ކުޅިވަރުގެ ގުޅުންތައް ވެސް ފާހަގަކޮށްފައިވެ އެވެ،" އެމްއެމްޕީއާރުސީން ބުންޏެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި ރާއްޖެ އަކީ އިންޑިއާގެ ކްރިކެޓް ޓީމްގެ މި ވަރުގަދަ ކާމިޔާބީ ފާހަގަކުރަން އެންމެ ފުރިހަމަ މަންޒިލެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި، ކްރިކެޓް ވޯލްޑްކަޕް ކާމިޔާބު ކުރި ލަންކާ ޓީމަށްވެސް ރާއްޖެ އައުމަށް ދައުވަތެއް ދިނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް