މޫސަ އެކްސްގައިކުރި ޕޯސްޓެއްގައި ވަނީ، އެމްޑީޕީ އިން އެމަނިކުފާނަށް މިހާވަރެއް ކުރަން މިޖެހެނީ ކޮން ސަބަބަކާހުރެތޯ ކަމަށް ބުނެ ސުވާލު އުފައްދާފަ އެވެ.
އަދި އެއްވެސް ކަމެއްގައި ބައިވެރިވުމުގެ ކުޑަވެސް ފުރުސަތެއް ނެތް ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ބުނެ، އެޕާޓީން މޫސައަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، އޭނާ އަލުން އެ ޕާޓީއަށް ވަދެވަޑައިގެންފިނަމަ، އެ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހަށް ޕާޓީގެ އެއްވެސް މަގާމެއް, އެއްވެސް ޕްރައިމަރީއެއްގައި ވާދަނުކުރެވޭނެކަން ބަޔާންކޮށްފައިވެ އެވެ.
މޫސާ މަނިކު އެމްޑީޕީން ވަކިކުރުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމީ 22 ޑިސެމްބަރު 2014 ގަ އެވެ. ސަބަބެއް ކަމުގައި އޭރު ޕާޓީއިން ބުނީ 14 ޑިސެމްބަރު 2014 ގައި އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓެއްގައި ޕާޓީގެ ވިޕްލައިނާ ހިލާފުވުމެވެ.
އެ ޕާޓީއިން ބުނާގޮތުގައި މޫސަ އައް އަލުން އެމްޑީޕީ އާއި ގުޅިވަޑައިގަތް ތާރީހުން ފެށިގެން އަލުން އެމްޑީޕީގެ ޕްރައިމަރީ އެއްގައި ވާދަކުރެވޭނީ 9 ނޮވެންބަރު 2027 ގެ ފަހުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;