ads
އުނގޫފާރު ހޮސްޕިޓަލްގެ އޯޕީޑީ
އުނގޫފާރު ހޮސްޕިޓަލްގައި އެމްއާރްއައިގެ ހިދުމަތް ފަށަނީ
ރ. އަތޮޅު އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރްއައި ހިިދުމަތް ފަަށަން އެކަމަށް ބޭނުންވާ އެންމެ ފަހުގެ މަސައްކަތް ކުރަން ފަށައިފިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އިމާރާތް ބޮޑުކޮށްް އެތަނުގައި ކުރިން ނުލިބޭ ހިދުމަތްތައް ވަނީ ދޭން ފަށާފައެވެ. އުނގޫފާރު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް 26 ޖެނުއަރީ 2021 ގައި ފަށާ އެ މަސައްކަތް ނިންމާ ބޭނުންކުރަން ފަށާފައިވަނީ 2022 ވަނައަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. މީ ކުރީ ސަރުކާރުން 80 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްޤީކޮށްފައިވާ އިމާރާތެކެވެ.

your imageއުނގޫފާރު ހޮސްޕިޓަލުގެ އަައު އިމާރާތް 

އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރްއައި ހިދުމަތް ފެށުމަށް އެކަމަށް ބޭނުންވާ މެޝިނަރީޒް ބެހެއްޓުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި މަސައްކަތް ކުރަމުން އަންނަ އެސްޓީއޯއިން ބުނީ އެ ކުންފުނީގެ މެޑިކަލް އިންޖިނިއަރުން އެމްއެމްއާރުއައި މެޝިން ބެހެއްޓުމުގެ މަސައްކަތް ގާތްގަޑަކަށް ނިމިފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް އެ ހިދުމަތް ފެށިގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ. 

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ލެޕްރޯސްކޮޕިކް ސަރޖަރީގެ ހިދުމަތް ވަނީ މިިދިޔަ އަހަރުގެ އޮގަސްޓްމަހު ފަށާފައެވެ. 

your imageއުނގޫފާރު ހޮސްޕިޓަލްގައި ލެޕްރޮސްކޮޕިކް ސަރޖަރީއެއް ހަދަނީ 

އަތޮޅުތެރޭގެ ސިއްހީ ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތުގެ ތެރެއިން ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރުގެ ހިދުމަތް ދެވޭނެ ތަންތަނަށް ބަދަލުކުރުމަށް މިދިޔަ ސަރުކާރުން ފެށި މަސައްކަތުގެ ދަށުން އުނގޫފާރު ހޮސްޕިޓަލްގައި ހިތުގެ ބަލިތަކަށް ފަރުވާދޭން ވަނީ ފަށާފައެވެ. އަދި އެ ހޮސްޕިޓަލްގައި ވަނީ ސީޓީ ސްކޭންގެ ދިނުމުގެ ހިދުމަތްވެސް ފަށާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް