ނޫސްވެރިންގެ ސުވާލު ހުސްވަންދެން ޔާމީން ޖަވާބުދެއްވަނީ
މުހައްމަދު އާދަމް އަހްމަދު
09 ޖުލައި 2024 - 10:42:18
ކުރީގެ ރައީސް ޔާމީން އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރަންޓްގެ ހާއްސަ ޖަލްސާއެއް އަންނަ ބުރާސްފަތު ދުވަހުގެރޭ ބާއްވަން ނިންމައިފިއެވެ.
އެޕާޓީގެ ސެކެރެޓަރީ ޖެނަރަލް މުހައްމަދު މަލީހް ޖަމާލު ވިދާޅުވީ މި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެޑައި ގަންނަވާނެކަމަށާއި އަދި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުވެސް ދެެއްވާނެކަމަށެވެ.
" ޕީއެންއެފްގެ ވަރަށް ފޯރިގަދަ ޖަލްސާއެއް ބުރާސްފަތިދުވަހުގެ ރޭ (11 ޖުލައި) 8:45ގައި ފްރަންޓު އޮފީގުގައި އޮންނާނެ. މި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެ. ނޫސްވެރިންގެ ސުވާލުތައް ހުސްވަންދެން ޖަވާބު ދިނުންވެސް އޮންނާނެ." މަލީހް ވިދާޅުވިއެވެ.
ޕީއެންއެފުގެ ޖަގަހަ ރައީސް ޔާމީންގެ ގެކޮޅަށް ބަދަލުކުރުމަށްފަހު ބާއްވަމުން އަންނަ ޖަލްސާތަކުގައި ރައީސް ޔާމީން ގެންދަވަނީ ބައިވެރިވެ ވާހަކަ ދައްކަވަމުންނެވެ. އަދި އެންމެ ފަހުން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ މިހާރު އިދިކޮޅު ޕާޓީއަކީ އެ ޕާޓީކަމަށެވެ.
ފަހަކަށް އައިސް ސަރުކާރު ހިންގާ ޕީއެންސީގެ އިސްވެރިންނާއި ރައީސް ޔާމީންގެ ޕީއެންއެފްގެ އިސްވެރިން ގެންދަވަނީ ޖަލްސާތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދެމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް