ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
މާލޭގައި ހުޅުމާލެ ހިމެނޭގޮތަށް ވަރުގަދަކޮށް ހިންގާ އަށް ގޭންގު އެބައޮތް: ޕޮލިސް
މާލޭގައި ހުޅުމާލެ ހިމެނޭގޮތަށް ވަރުގަދަކޮށް ހަރަކާތްތެރިވަމުންދާ އަށް ގޭންގްއެއް ފާހަގަވެފައިވާކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފި އެވެ.
Advertisement

ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ސްޕާރިންޓެންޑެންޓް އޮފް ޕޮލިސް އާރިފް ވިދާޅުވީ ގޭންގްތަކުގެ އަދަދަށް ބަލާ ކަމަށްވާނަމަ ފުލުހުންގެ އިދާރާއިން ފާހަގަވެގެންދިޔައީ، ގޭންގްތަކުގެ ސިފައިގައި ގްރޫޕްތައް ހަދައިގެން ރާއްޖޭގައި ވަކިން ހާއްސަކޮށް މާލޭގައި އެކި ޖިނާއީ ކުށްތައް ކުރަމުން އަންނަން ފެށި ހިސާބަކީ 2000 ވަނަ އަހަރުގެ ކުރީކޮޅުކަމަށެވެ. 

އެގޮތުން އެ ހިސާބުން ފެށިގެންގޮސް މިއަދާ ހިސާބަށް އާއިރު ގިނަ ގޭންގްތަކުގެ ނަންތަަކެއް ލިސްޓްކުރެވިފައި ހުރިކަމަށާއި އެކި ދުވަސްވަރުގައި އަދަދުތައް އިތުރުވަމުން ދާކަަމަށް އާރިފް ވިދާޅުވި އެވެ. އަދި މީގެ 5 އަހަރުކުރުން ވަަރަށް ހަަރަކާތްތެރިކޮށް އުޅުނު ގޭންގްތައް މިހާރު އެހާ ހަރަކާތްތެރިއެއް ނޫންކަަމަށް ވެސް އާރިފް ވިދާޅުވި އެވެ.

"އެހެންނަމަވެސް މިއަދުގެ ހާލަަތަށް ބަލާކަމުގައި ވެެއްޖެއާމުން މާލޭގައި ހުޅުމާލެ ހިމެނޭގޮތަށް އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ އަށް ގޭންގު، އެއީ ވަރަށް ހަަރަކާތްތެރިކޮށް އެއީ އަބަދުވެސް އަޅުގަނޑުމެން އެބަޔަކު އުޅޭ ސަރަހައްދަށްގޮސް އެބަޔަަކަށް ފާރަލައިގެން އެބަޔަކު ކުށެއްކޮށްފާނެ ނެތީ މާރާމާރީއެއް ހިންގަފާނެ ނެތީ އެތަނަށް ގޮށްސަ ބަލަން ޖެހޭ ވަރުގެ އަށް ގޭންގު އެބަ ހަރަކާތްތެރިވޭ، ކޮންމެ ދުވަހަކުވެސް އެބަޔަަކަށް ފާރަލަމުން ދާން އެބަޖެހޭ، އެބަޔަކު އުޅޭ ނޫޅޭ ގޮތް ބަލަން އެބަ ޖެހޭ، އެބަޔަކު ތަނަކަށް އެއްވާ ކަމަށް ވެއްޖެއާމުން އެތަނަކަށްގޮސް ފޮނުވާލަން އެބަ ޖެހޭ" ސުޕާ އިންޓެންޑެންޓް އޮފް ޕޮލިސް އާރިފް ވިދާޅުވިއެވެ.

އެކިވަރުގެ އަށް ގޭންގު މާލެސަރަހައްދުން ފާހަގަވެފައިވާއިރު އަތޮޅު ތެރޭގެ ބަލާ ބޮޑެތި އާބާދީތަކުގައި، އޭގެތެރޭގައި އައްޑޫގައި 6 ވަރަކަށް ގޭންގު ހަރަކާތްތެރިވާކަން ފާހަގަކުރެވިފައިވާކަމަށް އާރިފް ވިދާޅުވި އެވެ. 

މާލޭގައި ހަރަކާތްތެރިވާ ބޮޑެތި ގްރޫޕްތަކުގެ ގޮފިތަށްވެސް އަތޮޅުތެރޭގައި ހަަރަކާތްތެރިވާކަމަށާއި އެކި ގޭންގުތަކުގެ މެމްބަރުންގެ ގޮތުގައި ތިބެ ހަރަކާތްތެރިވާ މީހުންގެ އަދަދުވެސް ތަފާތުކަަން ފާހަަގަކުރެވޭކަމަށް އާރިފް ވިދާޅުވި އެވެ.

"25 ފެށިގެންގޮށް 150 އެ ދޭތެރޭގައި އަޅުގަނޑުމެންނަށް މީހުން އައިޑެންޓިފައިކުރެވިފައި ލިިިސްޓުކުރެވިފައި އެބަހުރި، އެގޮތަށް ބަލާ ކަމަށް ވެެއްޖެއާމުން ވަކިން ހާއްސަކޮށް ކުޑަކުދިން. ބޮޑެތި ގޭންގުތަކަށް ބަލާކަމަށްވެއްޖެއާމުން 50 އަށްވުރެއް ގިނަ 18 އަހަރު ނުވާ ނުފުރޭ ކުޑަކުދިންވެސް ހަރަަކާތެރިވާ ބައެއް ގްރޫޕްތައް އެބަހުރި، މިއީ ހަމަ އަޅުގަނޑުމެން ހަމަ ސަމާލުކަން ދޭން ޖެހޭ ކަންތައްތައް" އާރިފް ވިދާޅުވި އެވެ.

އެކަންކަމަށް ސަމާލުކަން ދިގެން ފުލުހުން މަސައްކަތްކުރަމުންދާނެ ބައެއް މުހިއްމު ކަންތައްތައް އާރިފް ފާހަަގކުރެއްވި އެވެ. ގޭންގުތަކުގެ ހަރަަކާތަތައް ކުޑަކުރުމަށްޓަކައި މަސައްކަތްކުރަމުން ދާކަމަށާއި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައިވެސް މަގުމަތީގެ ހަރަކާތްތަކަށް ބަލާނެކަމަށްވެސް އާރިފް ވިދާޅުވި އެވެ.

އެގޮތުން އެ ގްރޫޕްތައް އެންމެ ހަަރަކާތްތެރިވާ ގަޑިތަކާ، ސަރަހައްދުތަކާއި، ހަރަކާތެރިވަނީ ކޮން ބައެއް ތޯ ދެނެގަނެގެން އެއަށް ފޯކަސްކޮށްގެން ފުލުހުން މިހާރުވެސް ބަލަަމުން ދަނީ ވަކިތަނަަކަށް އެއްވެ އެމީހުން އާންމުންނަށް އުނދަގޫވާގޮތަށް އުޅޭތޯ ކަމަށެވެ. އަދި އެގޮތަށް އުޅޭ ކަމަށް ފާހަގަވެއްޖެއާމުން އެތަނަކުން އެބަޔަކު ފޮނުވާލާނެކަމަށް އާރިފް ވިދާޅުވި އެވެ. 

އަދި ތަކުރާރުކޮށް އެގޮތަށް ފާހަގަ ކުރެވޭ ފަރާތްތައް، ވަކިން ހާއްސަކޮށް ކުށްތަަކށް އަރައިގަންނަން ދާކަމަށްވެއްޖެއާމުން އެބައެއްގެ މައްސަލަ ފުލުހުން ތަހުގީގުކޮށް ހައްޔަރަށް ގެނެވޭވަރުގެ ހެއްކާއެއްކޮށް ގެނެސްގެން ތަހުގީގުކުރަމުންދާނެކަމަށް އާރިފް ވިދާޅުވި އެވެ.

ފުލުހުންގެ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭން ތަންފީޒުކުރަން މިމަހު ފަށައިފައިވާއިރު ގޭންގުތަކާ ދެކޮޅަށް ވަކި ޔުނިޓެއް ގާއިމުކުރުން އެ ޕްލޭނުގައި ވަނީ ހިމަނައިފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް