ads
މާލެއާ ހުޅުމާލޭގެ ފެނުގެ ނެޓްވޯކް ގުޅާލުމުގެ މަސައްކަތް ކުރަނީ. ފޮޓޯ : އަވަސް
މާލެއާ ހުޅުމާލޭގެ ފެނުގެ ނެޓްވޯކް ގުޅާލުމުގެ މަސައްކަތް ފަށައިފި
މާލެއާއި ހުޅުމާލޭގެ ފެނުގެ ނެޓްވޯކް ގުޅާލުމަށް ބޭނުންވާ މައި ޓްރާންސްފާ ޕަމްޕް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
Advertisement

މިކަމަށް ބޭނުންވާ ސްޓޭޝަން ހަދަން ބޭނުންވާ ބޯ ހޯލް ތޮރުފައި ސްޓޭޝަން ގާއިމުކުރަނީ އަމީރު އަހްމަދު ޕްރީ ސްކޫލު ކައިރިން އެކަމަށް ހާއްސަކޮށްފައިވާ ބިމެއްގައެވެ. މި ބިން އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ މި ސަރުކާރުންނެވެ.

މާލެ އާ ހުޅުމާލޭގެ ފެނުގެ ނެޓްވޯކް ގުޅާލުމަށް ބޭނުންވާ ޕައިޕްލައިންތައް ވަނީ ސިނަމާލެ ބްރިޖު ހެދިއިރު އަޅާފައެވެ.

މިމަޝްރޫއުގެ މަސައްކަތް ފެށުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ ސްޓޭޝަންގެ މަސައްކަތް ނިންމާ މިއަހަރުގެ ތެރޭގައި ފެނުގެ ނެޓް ވޯކް ގުޅާލާނެކަމަށެވެ. އަދި މި ނެޓްވޯކްގެ ތެރެއިން  800 ޓަނުގެ ފެން ފޯރުކޮށްދެވޭނެކަމަށްވެސް މަތީން ވިދާޅުވިއެވެ. 

" މި ސަރުކާރުގައި މިވަނީ ޕަމްޕް ސްޓޭޝަނަށް ބޭނުންވާ ބިން ހަމަޖައްސައި ދީފައި. މި ތަނުގައި މިއަދު މި ފެށި މަސައްކަތް މި އަހަރު ތެރޭގައި ނިންމާ ބްރިޖުގައި އޮތް ހޮޅިއާ ގުޅާލުމަށް މަސައްކަތް މިކުރަނީ. " މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ މި ސްޓޭޝަން ނިމުމުން މާލެއާ ހުޅުމާލޭގެ ފެނުގެ ނިޒާމްގެ ރައްކާތެރިކަން ކަށަވަރުވެގެން ދާނެކަމަށެވެ. މީގެ އިތުރުން އެމްޑަބްލިއުއެސްސީން މިވަގުތު ފެން އުފައްދަނީ މާލޭގެ ރައްޔިތުންނަށް ވާވަރަށްކަން ފާހަގަކުރައްވާ ފެން އުފައްދާ މިންވަރު އިތުރުކުރުމަށް ބޭނުންވާ ފެސިލިޓީއެއް ގާއިމުކުރަން ނިންމާފައިވާކަންވެސް މަތީން ފާހަގަކުރެއްވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް