ads
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަމުން އަންނަ ކިއޮސްކުތައް - ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ފޭސް ދޭއްގައި ހަޓްތައް ހިންގިތަނުގައި އެޗްޑީސީއިން ކިއޮސްކުތަކެއް ހަދަނީ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަޓުތައް ހިންގި ސަރަހައްދުގައި ކިއޮސްކުތަކެއް ހެދުމުގެ މަސައްކަތް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފި އެވެ.

މި ސަރަހައްދުގައި ވަގުތީގޮތުން ހަދާފައިވާ ހަޓްތައް ނަގަން ޖޫން މަހުގެ 15ގެ ނިޔަަލަށް އެޗްޑީސީން ވަނީ ފުރަސަތުދީފަ އެވެ. އަދި އޭގެ ފަހުން އެތަން އެޗްޑީސީން ވަނީ ސާފްކޮށްފަ އެވެ. މިހާރު އެޗްޑީސީން އެތަނުގައި ކިއޮސްކްތައް ހަދަން ވަނީ ފަށައިފަ އެވެ.

އެޗްޑީސީއިން ބުނީ، މި ސަރަހައްދުގައި ވަގުތީ ހަޓްތަކެއް ޖަހައިގެން އަމިއްލަ ގޮތުން ވިޔަފާރިކުރަމުންދާތީ، އެކަމާ ގުޅޭގޮތުން ގިނަ ބައެއްގެ ޝަކުވާ ލިބެމުން ގޮސްފައިވާ ކަމަށާއި، މިއާއެކު އެޗްޑިސީން ވަނީ އެ ސަރަހައްދު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

އެޗްޑީސީން ނިންމާފައި ވަނީ އެ ސަރަހައްދު ތަރައްގީ ކޮށްނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލުމަށެވެ.

އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ހިދުމަތްތައް ވީހައިވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް