ads
ބެޓް ކުރާ ސައިޓްތަކުން ލާރި ހޯދުމަކީ ދިވެހީންގެ ތެރޭ މިހާރު އާންމުކަމެއް: ޖުވާކުޅުމުގެ ބާވަތްތައް މާތް ﷲ ވަނީ ހަރާމް ކުރައްވާފަ
ޖުވާ އަށް ހިތްވަރުދޭ ސައިޓުތައް ރާއްޖޭގައި ބްލޮކްކުރަން ފަށައިފި
ބެޓް ކޮށްގެން ގޭމް ކުޅުން ނުވަތަ ޖުވާކުޅެން ބޭނުން ކުރާ ވެބްސައިޓްތައް ރާއްޖޭގައި "ބްލޮކް" ކުރަން ފަށައިފި އެވެ.

ބެޓް ކުރާ ސައިޓްތަކުން ލާރި ހޯދުމަކީ ދިވެހީންގެ ތެރޭގައި މިހާރު ވަރަށް އާންމުކަމެކެވެ. ޖުވާ ކުޅުމުގައި ބައިވެރިވޭނެ ލިންކުތައް ވެސް މިހާރު ސޯޝަލް މީޑިއާ އާއި ޓެލެގްރާމް ގުރޫޕްތަކުގައި އަންނަނީ ދައުރުކުރަމުންނެވެ.

ފުލުހުން ބުނީ މިފަދަ ސައިޓްތައް ދެނެގަނެ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް ގެ އެހީގައި "ބްލޮކް" ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ. 

އެގޮތުން މިހާރު "ކިރަ ބެޓް" ނަމަކަށް ކިޔާ ސައިޓެއް ބްލޮކް ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މައިސަރު ނުވަތަ ޖުވާކުޅުމުގެ ބާވަތްތައް މާތް ﷲ ހަރާމް ކުރައްވާފައިވަނީ އޭގައި މީސްތަކުންގެ މުދާ ބާތިލު ގޮތުގައި، ކެއުން ހިމެނޭތީ އެވެ. އެހެންކަމުން ޖުވާކުޅުން ނުވަތަ ގިމާރު އާއި މައިސަރު އަކީ އެންމެ ބޮޑެތި ފާފައިތަކުގެ ތެރެއިން ހިމެނޭ ފާފައެއް ކަމުގައި ދީނުގައިވަނީ ކަނޑައަޅުއްވާފަ އެވެ. 

ޖުވާކުޅުން ހަރާމްވުމުގެ އެއް ހިކުމަތަކީ، މީސްތަކުން ހަލާލުތަކެތިން ރިޒުގު ހޯދުމަށް މަސައްކަތްކުރާ ބަޔަކަށް ހެއްދެވުމަށް ބާރުއެޅުއްވުމުގެ ގޮތުންނެވެ. ހަލާލު މަސައްކަތަކުން އާމުދަނީ ހޯދުމަށް ހިތްވަރު ދެއްވުމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް