އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިވަގުތު އެމެރިކާއަށް ކުރައްވާ ދަތުރުގެ ތެރެއިން، ރާއްޖޭގައި ހުރި އިންވެސްޓްމަންޓު ފުރުސަތުތަކާ ބެހޭ މައުލޫމާތު އެ ގައުމުގެ ވިޔަފާރިވެރިންނާ ހިއްސާކުރައްވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެމެރިކާގެ ވިޔަފާރިވެރިންނާ އެކު މި ބައްދަލުވުން އިންތިޒާމު ކޮށްފައިވަނީ އެމެރިކާގެ ޗެމްބާ އޮފް ކޮމާސް އިންނެވެ.
ސައީދުގެ މި ދަތުރުފުޅަކީ ރާއްޖެއާއި އެމެރިކާގެ ދެމެދުގައި އޮތް ވިޔަފާރިއާއި އިންވެސްޓުމެންޓުގެ ދާއިރާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި ހުރި އިންވެސްޓުމެންޓު ފުރުސަތުތަކުގެ މައުލޫމާތު ބޭރުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާ ހިއްސާކުރެއްވުމަށް ސައީދުވަނީ ޗައިނާއާއި ސައުދީ އަރަބިއްޔާ އަދި އިނގިރޭސިވިލާތަށް ވަޑައިގެން އެ ގައުމުތަކުގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާފަ އެވެ.