މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގައި އެވޯޑަށްް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 88 ހުށައެޅުން ލިބިފައިވާކަމަށް އެ ކައުންސިލުން ބުނެފިއެވެ.

Advertisement
އެމްއެމްސީން ބުނީ 18 ދާއިރާއަކުން މި ފަހަރުގެ އެވޯޑަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލިކަމަށެވެ. މި ދާއިރާތަކަށް 88 ހުށައެޅުން ލިބިފައިވާކަމަށް އެ ކައުންސިލުން ބުނެއެވެ.
މިއަހަރު އެވޯޑް ކުރިމަތިލާން ހުޅުވާލި ދާއިރާތައް
- ތަހުގީގީ ނޫސްވެރިކަން
- އިޖުތިމާއި ދާއިރާ
- ސިއްހީ ދާއިރާ
- ޝަރުއީ އަދި ގާނޫނީ ދާއިރާ
- ވިޔަފާރިއާ އިގުތިސާދުގެ ދާއިރާ
- ކުޅިވަރުގެ ދާއިރާ
- ފޮޓޯ ޖާނަލިޒަމް
- ވީޑިއޯ ޑޮކިމެންޓަރީ ދާއިރާ
- ގްރެފިކްސް އާއި އިލެސްޓްރޭޝަންސްގެ ދާއިރާ
- ފީޗާ ރިޕޯޓްް
- ތާރީހާ ސަގާފަތުގެ ދާއިރާ
- މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
- ތިމާވެށްޓާއި ދެމެހެއްޓެނެވި ތަރައްްގީގެ ދާއިރާ
- އޯޑިއޯ ޖާނަލިޒަމް
- އުއްމީދީ ނޫސްވެރިޔާ
- އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ
- އަހަރުގެ އެންމެ މޮޅު ކަވަރޭޖް
- އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުން
އެމްއެމްސީން ބުނީ އެވޯޑަށްް ހުޅުވާލި ދާއިރާތަކުން ދެ ދާއިރާ ފިޔަވާ ހުރިހާ ދާއިރާއަކަށް ހުށައެޅުންތައް ލިބިފައިވާކަމަށެވެ. ހުށައެޅުންް ނުލިބެނީ އޯޑިއޯ ޖާނަލިޒަމްގެ ދާއިރާއާ އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުމުގެ ދާއިރާއަށް ކަމަށް އެ ކައުންސިލުން ބުނެއެވެ.