ads
އިނގިރޭސި ޓީމު
އިޓްސް ކަމިން ހޯމް: އިންގްލަންޑް ފައިނަލަށް
ފަހަތުން އަރައި ހޮލެންޑް ބަލިކޮށް، ޔޫރޯގެ ފައިނަލްގެ ފަހު ޖާގަ އިގިރޭސިން ހޯދައިފިއެވެ.
Advertisement

ހޮލެންޑުން ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް އިނގިރޭސިން ފައިނަލަށް ދިޔައީ ފަހަތުން އަރައި ޖެހި ދެ ލަނޑާއެކު، ދޭއް އެކެއްގެ ނަތީޖާއަކުންނެވެ. ފައިނަލުގައި އިނގިރޭސިން ކުޅޭނީ ފްރާންސް ބަލިކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ހޯދި ސްޕެއިންއާ ދެކޮޅަށެވެ.

އެންމެ ފަހުން، ޔޫރޯގެ ފައިނަލުގައި އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި އިންގްލެންޑުން ފައިނަލަށް ދިޔުމާއެކު، ވިދިވިދގެން ދެ ޔޫރޯގެ ފައިނަލުން އިނގިރޭސިންނަށް ފުރުސަތު ލިބުނީއެވެ. މިއީ އިންގްލެންޑްގެ ފުޓްބޯޅަ ތާރީހުގައި އެ ޓީމުން ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލުގައި ޖެހިޖެހިގެން ކުޅޭ ދެ ވަނަ ފަހަރެވެ.

ރޭ ކުޅުނު ސެމީ ފައިނަލުގެ ފަހު މެޗުގައި ހޮލެންޑުން ލީޑު ނެގީ މެޗު ފަށައިގެން ހަތް ވަނަ މިނިޓްގައި ޒަވީ ސިމޯންސް ޖެހި މޮޅު ގޯލުންނެވެ. އިންގްލެންޑުން އެއްވަރު ކުރީ، މެޗުގެ 18 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ހެރީ ކޭންއެވެ. މިއީ ކެޕްޓަން ކޭންގެ މި ޔޫރޯގެ ތިންވަނަ ލަނޑެވެ އިންގްލަންޑުން މޮޅުވި ލަނޑު ޖެހީ އިތުރު ވަގުތުގައި އޮލީ ވަޓްކިންސް ޖެހި ލަނޑުންނެވެ. އޭނާއަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ކުޅުންތެރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް