އެ މިނިސްޓްރީން ވަނީ މިއަހަރު 6 މާހާސިންތާއެއް ބާއްވަން ނިންމާ އެކަން އިއުލާންކޮށްފައެވެ. އެ މިނިސްޓްރީން ބުނީ މީ މިއަހަރު ކުރިޔަށް ގެންދަން ރާވާފައިވާ މުހިއްމު މަހާސިންތާތަކެއްކަމަށެވެ.
މަހާސިންތާ ބާއްވާ ދާއިރާތަކާއި ތާރީހް
މި މަހާސިންތާތަކުގެ ބޭނުމަކީ މި ދާއިރާތަކުން ހިދުމަތް ދިނުމުގައި މަސައްކަތްކުރާ ފަރާތްތަކުގެ މައުލޫމާތު މުއްސަނދިކޮށް ހޭލުންތެރިކުރުވުންކަމަށެވެ. އަދި މުޖުތަމަޢުއަށް ސައްހަ އަޤީދާ ކިޔައިދިނުމުގައި ދީނީ އިލްމުވެރިންގެ ދައުރު ފުޅާކުރުމަކީވެސް މި މަހާސިންތާގެ ބޭނުމެއްކަމަށް އެ އިސްލާމިކް މިނިސްޓްރީން ބުނެއެވެ.