މި މަސައްކަތް ކޮށްދޭން ބޭނުންވާ ބަޔަކު ބީލަން ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިމަހުގެ 18 ވަނަދުވަހު 11:00 ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މީ އިސްލާމީ އިލްމު ދިވެހި ބަހަށް ތަރުޖަމާކުރުމުގެ ގޮތުން ރާއްޖޭގައި ރަސްމީކޮށް ކުރިއަށް ގެންދެވޭ އެންމެ ބޮޑު އެއް މަޝްރޫއުކަމަށެވެ. އަދި މަޝްރޫއުގެ ދަށުން މުހިންމު 6 ރިފެރެންސް ފޮތް ދިވެހި ބަހަށް ތަރުޖަމާކުރެވިގެންދާނެކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
މި ފޮތްތައް ތަރުޖަމާ ކުރުމުގެ މަސައްކަތުގައި ވަކިވަކި މީހުނާއި ޓީމުތަކާއި ކޮލެޖުތަކާއި ދިރާސާކުރާ އެކި މަރުކަޒުތަކަށްވެސް ބީލަން ހުށައޭޅެނެކަމަށްް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ބީލަން ހުށައަޅާއިރު އަގު ހިމަނާނީ އަރަބި ފޮތުގެ ސަފްހާއެއް ތަރުޖަމާކޮށް ޕްރޫފް ބެލުމަށް ހިނގާނޭ ހަރަދު ކޮންމެ ފޮތެއް ވަކިންކަމަށެވެ. އަދި އަގުހުށަހަޅަންވާނި ޖ.ީއެސ.ްޓީ ދައްކަންޖެހޭ ފަރާތްތަކުން ޖ.ީއެސ.ްޓީ ހިމަނައިގެން ދިވެހި ރުފިޔާއިންކަމަށާއި ޖ.ީއެސ.ްޓީއަށް ދައްކާ އަދަދު ވަކިން އެނގެން އޮންނަންވާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.