ހައިކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް އަލީ ހިމެނޭހެން ޖުމްލަ 18 މީހަކު ކުރިމަތިލިއެވެ. އެކަމަކު މުއްދަތުހަމަވީ ފަހުން އަލީވަނީ ނަން ނަގާފައި ކަމަށް ޖޭއެސްސީން ހާމަކުރިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިކޯޓަށް ކުރިމަތިލީ ފަރާތްތަކާ އިންޓަވިޔުކުރުމަށް ފަހު ދެ ފަނޑިޔާރުންވަނީ ރޭ ނަގާފައެވެ. އެކަމަކު ޖޭއެސްސީން އަދި އެކަން ހާމަ ނުކުރެއެވެ.
ހައިކޯޓުން ދެ ފަނޑިޔާރުންގެ މަގާމް ހުސްވީ، އެ ކޯޓުގެ ކުރީގެ އިސްފަނޑިޔާރު ހުސެއިން ޝަހީދު އަދި މުހައްމަދު ސަލީމް، ސުޕްރީމް ކޯޓަށް ޕްރޮމޯޓް ކުރުމާއެކުއެވެ.