ads
ޕީއެންސީ ހަރުގެ ހުޅުވުމަށް ބޭއްވި ޖަލްސާގެ ތެރެއިން
3 ޕާޓީންވެސް މިރޭ ހަރުގެ ޖަލްސާތައް ބާއްވަނީ
މަޖިލިސް އިންތިހާބަށްފަހު ސިޔާސީ ހަރަކާތްތައް މަޑުޖެހިފައި އޮތުމަށްފަހު މިރޭ ތިން ޕާޓީންވެސް ޖަލްސާތައް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.
Advertisement

މިރޭ ޖަލްސާ ބާއްވަނީ ވެރިކަން ކުރާ ޕީޕީއެމް / ޕީއެންސީ ކޯލިޝަނުންނާއި އިދިކޮޅު އެމްޑީޕީއާއި ޕީއެންއެފުންނެވެ. މީ މަޖލިސް އިންތިހާބަށްފަހު ހުރިހާ ޕާޓީއަކުން އެއް ރެއްގައި ޖަލްސާ ބާއްވާ ފުރަތަމަ ފަހަރެވެ. 

ސިޔާސީ ޕާޓީތަކުން ޖަލްސާތައް ބާއްވަން ފަށާފައި މިވަނީ މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކުގެ ބައި އިލެކްޝަންސް މިމަހުގެ 20ގައި ބާއްވަން އިލެކްޝަނުން އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ ތިން ގޮނޑިއަށް ވާދަކުރާނީ އެމްޑީޕީއާއި ޕީއެންސީގެ ކެންޑިޑޭޓުން އެކަންޏެވެ. 

އެމްޑީޕީން ޗާންދަނީމަގުގައި ހުުންނަނ ދަނޑިކޮށީ ޖަގަހައިގައި ބާއްވަނީ "ކުރީ ސަރުކާރު.. ކުރީ ސަރުކާރު" މި ނަމުގައި ބާއްވާ ޖަލްސާއެކެވެ. 

ވެރިކަންކުރާ ޕީއެންސީ / ޕީޕީއެމްގެ ޖަލްސާ އޮންނާނީ ދާދި ފަހުން އެ ޕާޓީން ހުޅުވި ހަރުގެ ޕީއެންސީ ހައުސްގައެވެ. އެންމެ ފަހުން ބޭއްވި ޕީއެންސީ ޖަލްސާގައި ރައީސް ޑރ. މުއިއްޒުވެސް ބައިވެރިވެޑައިގެންނެވިއެވެ. 

ރައީސްް ޔާމީން އިސްވެ ހުންނަވާ އުފެއްދި ޕީއެންއެފުން މިރޭ ބާއްވާ ޖަލްސާގައި ރާއިސް ޔާމީން ބައިވެރިވެޑައިގަންނަވާނެއެވެ. އެ ޕާޓިން  ބުނީ މި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެކަމަށެވެ. އަދި ނޫސްވެރިންގެ ސުވާލުތައް ހުސްވަންދެން ޖަވާބު ދިނުންވެސް އޮންނާނެކަމަށްވެސް އެ ޕާޓީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް