މި ކާރުގައި ރޯވީ ލ. މާންދޫއިން ލ. ގަމަށް ދަތުރުކުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުނެެއެވެ. އެހެންނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
މި ކާރުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިންވާލާފައެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. މި ކާރުގައި ރޯވީ ކިީއްވެކަމެއް އަދި ނޭގެއެވެ.
މި ކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.