ads
ވެޓަރަންސް ކްރިކެޓް ޓީމަށް ހޫނު މަރުހަބާއެއް
ވެޓަރަންސް ކްރިކެޓް ޓީމަށް ހޫނު މަރުހަބާއެއް
ވެޓެރަންސް ކްރިކެޓް ޓީމު، ތައިލެންޑްގައި އޮތް މުބާރާތް ކާމިޔާބުކޮށް ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ތައިލެންޑްގައި މިދިޔަ ހަފްތާގައި ނިމުނު ހުއާ ހިން ސިކްސަސް މުބާރާތުގެ ސުޕަރ ވެޓްސް ކެޓަގަރީން ރާއްޖޭގެ މޯލްޑިވްސް ވެޓަރަންސް ޗެމްޕިއަންކަން ހޯދިއިރު، މާސްޓަރސް ކެޓަގަރީން މޯލްޑިވްސް މާސްޓަރސްވަނީ ދެވަނަ ހޯދާފައެވެ. މި ޓީމު އެނބުރި މާލެ އައުމުން ޓީމަށް މަރުހަބާ ވިދާޅުވީ ކުޅިވަރު ވަޒީރު އަބްދުއްރާފިއު އަދި ސްޓޭޓް މިނިސްޓަރު މުހައްމަދު ރިޔާޒުއެވެ. މި ޓީމުގައި ރާއްޖޭގެ ކްރިކެޓް ލެޖެންޑުން ހިމެނެއެވެ. އޭގެ ތެރޭގައި ކުރީގެ އެއްވަނަ ކްރިކެޓަރު މޫސާ ކަލީލް ހިމެނެއެވެ.

ތައިލެންޑްގައި މިދިޔަ ހަފްތާގައި ނިމުނު ހުއާ ހިން ސިކްސަސް މުބާރާތުގައި ވާދަކުރި ޓީމުތަކުގެ ތެރޭގައި އިންޑިޔާ އަދި އޮސްޓްރޭލިއާއަށް ނިސްބަތްވާ ޓީމުތައް ހިމެނެއެވެ. މި މުބާރާތުގެ ލީގު ބުރުގެ ޗެމްޕިއަންކަން މޯލްޑިވްސް މާރސްޓަރސް ހޯދީ، ހަ މެޗުން ފަސް މެޗު ކާމިޔާބުކޮށްގެނެވެ. އަދި ސުޕަރ ލީގު ބައިން، މޯލްޑިވްސް ވެޓަރަންސް އެންމެ ކުރި ހޯދީ ފަސް މެޗުން ފަސް މެޗުވެސް ކާމިޔާބުކޮށްގެނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް