ads
"ލޭ އެޕް" ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ލޭ ހަދިޔާކުރާ މީހުންނާއި ގުޅުވާދޭ "ލޭ އެޕް"
ލޭ ހަދިޔާކުރާ މީހުންނާއި ލޭ ބޭނުންވާ މީހުން ގުޅުވާލައިދޭ "ލޭ އެޕް" މިއަދު ލޯންޗުކޮށްފިއެވެ.

މި އެޕް ލޯންޗުކޮށްދެއްވީ ހެލްތު މިނިސްޓަރު ޑރ. އަބްދުالله ހަލީލެވެ. މޮބައިލް މި އެފް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގޫގުލް ޕްލޭ ސްޓޯރާއި އެޕަލް އެޕް ސްޓޯރުން ޑައުންލޯޑުކުރެވޭނެ ކަމަށެވެ. އެޕް ލޯންޗުކުރުމާއި އެކު މި އެފްގައި ޑޯނަރެއްގެ ގޮތުގައި އޮންލައިން ރަޖިސްޓަރީ ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. 

މި އެޕްގެ ސަބަބުން، ޑޯނަރުން ރަޖިސްޓަރ ކުރުމާއި، އެޕޮއިންޓްމެންޓު ޝެޑިއުލްކޮށް، ލޭ ހަދިޔާކުރުމަށް ހަނދާންކޮށްދީ ޑޯނަރުންގެ ބައިވެރިވުން އިތުރުވެގެންދާނެއެވެ. އަދި ސިއްހީ ވުޒާރާ އަދި މޯލްޑިވިއަން ބްލަޑް ސާރވިސަސް އާއި ގުޅިގެން ލޭ އެޕު މެދުވެރިކޮށް، ލޭގެ ސްޓޮކް މަދުވާ ހާލަތްތަކުގައި ލޭ އެޕުގައި ރަޖިސްޓަރކޮށްފައިވާ ޑޯނަރުންނަށް ވަގުތުން އެލާޓް ފޮނުވާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ. 

މީގެއިތުރުން އެމަޖެންސީ ހާލަތްތަކުގައި ލޭ ބޭނުންވާ ފަރާތްތަކުން ކުރާ ރިކުއެސްޓުތައް، ލޭ ދެވޭނެ ޑޯނަރުންނާއި އަވަހަށް ރައްކާތެރިކަމާއެކު ފޯރުކޮށްދެވިގެންދާނެކަމަށާއި އަމާޒަކީ، ލޭ ހަދިޔާ ކުރާ ފަރާތްތަކާއި ލޭ ބޭނުންވާ ފަރާތްތައް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ގުޅުވާދިނުންކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ހެލްތް މިނިސްޓަރީން ބުނީ ލޭ އެޕަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމުގައި ލޭ ހަދިޔާކުރުމާއި، ލެއާއި ގުޅުންހުރި ޚިދުމަތްތައް ހަރުދަނާކޮށް ފޯރުކޮށްދިނުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި މި އެޕްލިކޭޝަންގެ ސަބަބުން، ލޭގެ ސަޕްލައި މެނޭޖްމަންޓް ކުރިއަށް ގެންދާ ގޮތް ބަދަލުކޮށް، ސީއްހީ ހިދުމަތްދޭ ތަންތަނުގެ ބޭނުންތަކަށް ލޭގެ ސަޕްލައި އެންމެ އެކަށީގެންވާ ފެންވަރެއްގައި ބެލެހެއްޓުމަށް މަގުފަހިވެގެންދާނެކަމަށްްވެސް އެ މިނިސްޓްރީން ބުނެއެވެ.

your imageމިދިޔަ ހަތަރު އަހަރު އެންމެ ގިނައިން ލޭ ހަދިޔާކުރި މީހަކަށް ހަދާނީ ފިލާދެނީ 

މި އެފް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، 2019ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އެންމެ ގިނައިން ދަރުމަވަންތަ ހޮސްޕިޓަލަށް ލޭހަދިޔާކުރި ފަރާތްތަކަށް ހަދާނީ ފިލައެއްވަނީ ދީފައެވެ، އަދި އެންމެ ގިނައިން ލޭ ހަދިޔާކުރުމުގެ ކޭމްޕް ހިންގި ފަރާތްތަކުގެވެސް އަގު ވަޒަންކޮށް އެފަރާތްތަކަށްވެސް ވަނީ ހަދާނީ ފިލާ ދީފައެވެ. 

ރާއްޖޭގައި އަމިއްލައަށް އެދިގެން މިދިޔަ އަހަރު 507 މީހުން ލޭ ހަދިޔާކުރިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް