ޖިރޫއަކީ ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އުމުރުން 37 އަހަރުގެ ޖިރޫވަނީ ފްރާންސްއަށް، މިހާތަނަށް 137 މެޗު ކުޅެ، 57 ލަނޑު ޖަހާފައެވެ. ޖިރޫ ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނު މެޗަކީ، ޔޫރޯގެ ސެމީ ފައިނަލުގައި ސްޕެއިން އަތުން ފްރާންސް ބަލިވި މެޗެވެ. ޔޫރޯގައި ޖިރޫ ގިނައިން ފަށާފައިވަނީވެސް ބެންޗުންނެވެ.
ފްރާންސް އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފް ޖިރޫ ހޯދީ އެންމެ ފަހުން އޮތް ފީފާ ވޯލްޑް ކަޕުގަ އެވެ. އެއީ ކުރީގެ ފޯވާޑް ތިއެރީ އޮންރީ އަށް ވުރެ ގިނައިން، 52 ގޯލު ހަމަކޮށްގެންނެވެ.
ޖިރޫ އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅުނީ 2011 ވަނަ އަހަރުއެވެ. އޭނާއަކީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބު ކުރި ފްރާންސް ޓީމުގެ ކުޅުންތެރިއެކެވެ.