ads
އެއާ ސާވިސް ކޮންގްރެސްގެ ތެރެއިން: އެއާ ސާވިސް ކޮންގްރެސްއިން ދާއިރާ ތަރައްގީ ކުރުމަށް ފުރުސަތުތައް ފަހިވި ކަމަށް އެމްއޭސީއެލްއިން ބުނި - ފޮޓޯ/ އެމްއޭސީއެލް
އެއާ ސާވިސް ވޯލްޑް ކޮންގްރެސް ކާމިޔާބުކަމާއި އެކު ނިންމާލައިފި
ދުނިޔޭގެ އެކި ގައުމުތަކުގެ އެއާލައިންތަކާއި އެއާޕޯޓުތައް އަދި އޭވިއޭޝަން ދާއިރާގެ އެކި ކުންފުނިތަކާއި އެ ދާއިރާގެ ކަމާބެހޭ މާހިރުން ބައިވެރިވި އެއާ ސާވިސް ވޯލްޑް ކޮންގްރެސް ކާމިޔާބުކަމާއި އެކު މިއަދު ނިންމާލައިފި އެވެ.

މިމަހު 9 އިން 11 އަށް ކުރުނބާ މޯލްޑިވްސް، ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާ، އަދި ސައި ލެގޫންގައި ކުރިއަށް ގެންދިޔަ މި ކޮންގްރެސް އަކީ ގްލޯބަލް ޓްރެވަލް އިންވެސްޓްމެންޓުން އިންތިޒާމްކުރާ ބައިނަލްއަގްވާމީ ހަރަކާތެކެވެ. މިއިވެންޓް ރާއްޖޭގައި ބާއްވާފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާއި ގުޅިގެންނެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ތަފާތު ވިޔަފާރިތަކުގެ މެދުގައި، ނެޓްވޯރކިންގއާއި ވިޔަފާރި ކުރިއެރުވުމަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ.

ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ކޮންގްރެސްގެ ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މި ކޮންގްރެސްގެ ޕެނަލް ޑިސްކަޝަންތަކާއި ނިންމުމުގެ ހަފްލާ ބާއްވާފައިވަނީ ކުރުބާ މޯލްޑިވްސްގައެވެ. އަދި ކްރޮސް ރޯޑްސްގެ ސައި ލެގޫންގައި ވަނީ ނެޓްވޯކިން އިވެންޓްތައް ބާއްވާފަ އެވެ.

your imageއެއާ ސާވިސް ކޮންގްރެސްގެ ތެރެއިން: އެއާ ސާވިސް ކޮންގްރެސްއިން ދާއިރާ ތަރައްގީ ކުރުމަށް ފުރުސަތުތައް ފަހިވި ކަމަށް އެމްއޭސީއެލްއިން ބުނި - ފޮޓޯ/ އެމްއޭސީއެލް

މި ހަރަކާތްތަކުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރުން، ރާއްޖޭގެ ވައިގެ ހިދުމަތް ދެމުންގެންދާ ކުންފުނިތަކުންނާއި، އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އެފަރާތްތަކުން ރާއްޖޭގެ ވައިގެ ސިނާއަތް ތަރައްގީއަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކޮށް އެކަމުގެ މައުލޫމާތު ފޯރުކޮށްދީފައެވެ.

ކޮންގްރެސްގެ ބައިވެރިންނަށް ރާއްޖޭގެ ވައިގެ ސިނާއަތް ކުރިއަށްދާ ގޮތުގެ މައުލޫމާތާއި އެ ސިނާއަތް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް މި ހަރަކާތްތަކުގެ ތެރެއިން ވަނީ ދެވިގެން ގޮސްފައެވެ. މިއާއިއެކު މި ކޮންގްރެސްގެ ސަބަބުން މިދާއިރާ އިތުރަށް ތަރައްޤީކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަށް އިތުރު ފުރުސަތުތަކެއް ވަނީ ފަހިވެގެން ގޮސްފައެވެ. އަދި ވިޔާފާރީގެ ގުޅުންތައް އުފެދި ވިޔަފާރިތައް ފުޅާކުރުމުގެ ފުރުސަތުތައް ވަނީ ބައިވެރިންނަށް ލިބިގެން ގޮސްފަ އެވެ.

your imageއެއާ ސާވިސް ކޮންގްރެސްގެ ތެރެއިން: އެއާ ސާވިސް ކޮންގްރެސްއިން ދާއިރާ ތަރައްގީ ކުރުމަށް ފުރުސަތުތައް ފަހިވި ކަމަށް އެމްއޭސީއެލްއިން ބުނި - ފޮޓޯ/ އެމްއޭސީއެލް

މި ކޮންގްރެސްގައި 27 އެއާލައިނާއި 17 އެއާޕޯޓު ހިމެނޭ ގޮތަށް ވައިގެ ސިނާއަތުގެ އެކި ފަންތީގެ ޖުމްލަ 150 ކުންފުނިން ބައިވެރިވެ އެވެ. މި ކޮންގްރެސް އަކީ ގްލޯބަލް ޓްރެވަލް އިންވެސްޓްމަންޓުން ބާއްވާ ކޮންގްރެސްއެކެވެ.

ކޮންގްރެސް މިއަދު ނިންމާލާފައިވާއިރު، އެއާ ސާވިސް ވޯލްޑް ކޮންގްރެސް، އަންނަ އަހަރު ބާއްވާނީ ހާޓްސްފީލްޑް- ޖެކްސަން އެޓްލާންޓާ އިންޓަރނޭޝަނަލް އެއާޕޯޓް، ކަމަށް ކަނޑައަޅާއި އެކަން ވަނީ އިއުލާންކޮށްފަ އެވެ. އެއާ ސާވިސް ވޯލްޑް ކޮންގްރެސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް