ads
ރައީސް ޔާމީން
ބޭކާރު ހަރަދު ކުރި ކަމަށް ވިދާޅުވެ ޔާމީންގެ ހަމަލާއެއް ރައީސަށް
މި ސަރުކާރުން ބޭކާރު ހަރަދުތައް ކުރުމަށް ވިދާޅުވެ ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރައީސް މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
Advertisement

ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި މި ސަރުކާރަށްް ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ދައްކާ ވާހަކަ ދިމާނުވާކަމަށާއި ކުރަނީ ބޭކާރު ހަރަދުތައްކަމަށެވެ. ދައުލަތުގެ ބަޖެޓްގައި ފައިސާ ނެތްކަމަށް ބުނެ ސަރުކާރުގެ އިސްވެރިން ބޮޑެތި ހަރަދުތައް ކުރަމުންދާކަމަށް ތުހުމަތު ކުރައްވާފައެވެ. 

އެގޮތުން އީދު ފާހަގަ ކުރަން މުޅި ރާއްޖޭގައި ކުލަބޮކި ދިއްލައި ބޮޑެތި ހަރަދުތަކެއް ސަރުކާރުން ކޮށްފައިވާތީ އެކަމަށް ފާޑު ވިދާޅުވަމުން، އެ ހަރަދުތައް އަނބުރާ ހޯދަން ކަރަންޓް ބިލުތައް ބޮޑުކޮށްފައިވާ ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ.

ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު މި ސަރުކާރުގެ ވެރިން މުޅިންހެންވެސް ވިދާޅުވަމުން ގެންދެވީ ދައުލަތް ހިންގުމަށް އެކު ފަރާތްތަކުން ފައިސާ ހަމަޖެހިފައިވާ ވާހަކަކަމަށެވެ. އެހެންނަނަމަވެސް ވެރިކަމާއި ހަވާލުވެ މިހާރު ފައިސާ ނެތްކަމަށް ވާހަކަ ދައްކާތީ ރައީސް ޔާމީން ވަނީ ޑރ. މުއިއްޒު ކެމްޕެއިންގައި ދެއްކެވި ވާހަކަތައް ދައްކަވަމުން ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. 

" އޭރު ވިދާޅުވެދެއްވަންވީ ދެއްތޯ އަޅުގަނޑުމެންގެ ހާލަތު އޮތް ގޮތް ވަކިވަކިން. އޭގެ ބަދަލުގައި ޖުމްލަކޮށް ވިދާޅުވީ އިގްތިސާދީ އެއްވެސް މައްސަލައެއް ނެތޭ. ހަމަ ތެދަކަށޭ މި ދަންނަވަނީ ތިމަންނަމެން ހާސްވާ އެއްވެސް ކަމެއް ނެތޭ، ރީފައިނޭންސް ކުރަން ތިމަންނަމެންނަށް އެހެރީ ފައިސާ އައިސް ހަމަޖެހިފައޭ، ފެހި ސިގްނަލްތައް ލިބިއްޖޭ،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ބޭކާރު ހަރަދުތައް ކުރާކަމަށެވެ. އެގޮތުން ނިމިދިޔަ ދެ ދައުރަށްވުރެ ވެސް މި ދައުރުގައި ސިޔާސީ މަގާމުތައް ގިނަކަމަށް ވިދަޅުވިއެވެ. މި ސަރުކާރުގެ ސިޔާދސީ މަގާމުތައް 2000 ގާތްކުރާކަން ޔާމީން ވިދާޅުވިއެވެ. 

ވެރިކަމާ ހަވާލުވެ ސަރުކާރުން ކޮށްފައިވާ ބައެއް ހަރަދުތަކަކީ މާލީ ހާލަތާ ނުބައްދަލު ހަރަދުތަކެއްގެ ގޮތުގައި ޔާމީން ސިފަކުރެއްވިއެވެ. އޭގެ ތެރޭގައި, ރަސްމާލެ މަޝްރޫއު އާއި ޑްރޯން ގަތުމާއި އަދިވެސް ބައެއް އެހެނިހެން ކަންކަމަށް ކުރި ހަރަދު ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

" ދައުލަތުގެ މާލިއްޔާގައި އެއްވެސް ފައިސާ ފޮއްޗެއް ނެތްއިރު ހުވާކުރުމުގެ ރަސްމިއްޔާތަށް 26 މިލިއަން ހަރަދުކުރަންވާނެތަ؟ މުލިއާގެ މަރާމާތު ކުރާށާއި މުލިއާގޭގައި އާ އިމާރާތެއް އަޅާ މިކަންކަމަށް އަނެއްކާ 21 މިލިއަން ހަރަދުކުރަންވާނެތަ؟ ނައިބު ރައީސް ވަޑައިގަތުމަށްޓަކައި ހިލާލީގެ މަރާމާތު ކުރުމަށް 15 މިލިއަން ހަރަދުކުރަން ޖެހޭތަ،" ޔާމީން ސުވާލު އުފެއްދެވިއެވެ.

ރށާއްޖޭގެ މާލީ ހާކަތު ގޯސްކަމަށް ސަރުކާރުން ބުނެ އެކަންކަން ރައްޔިތުންނަށް ހާމަ ނުކުރާތީއާ ސަރުކާރާއި ގުޅުން ހުރިކަންކަން ހާމަކުރަން ދެކޮޅު ހަދަމުންގެންދާތީ މީ ސިއްރު ދައުލަތެއް ކަމަށް ރައީސް އަބްދުالله ޔާމީން ސިފަކުރެއްވިއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް