އެކި ދާއިރާތަކަށް ހާއްސަކޮށްގެން މިއަހަރު 6 މަހާސިންތާތަކެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.
މީގެތެރެއިން އިލްމުވެރިންގެ މަހާސިންތާގައި ބައިވެރިވުމަށްް އެ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. މި މަހާސިންތާގައި ރާއްޖޭގެ ހުރިހާ ދީނީ އިލްމުވެރިންނަށް ބައިވެރިވެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ބައިވެރިވާ ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން މިހާރު ހުށައެޅޭކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އިލްމުވެރިންގެ މަހާސިންތާ އޮންނާނީ އަންނަ މަހުގެ 24 ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ހޯލުގައިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ މީ މިއަހަރު ކުރިޔަށް ގެންދަން ރާވާފައިވަނީ މުހިއްމު މަހާސިންތާތަކެއްކަމަށެވެ.
މަހާސިންތާ ބާއްވާ ދާއިރާތަކާއި ތާރީހް
މި މަހާސިންތާތަކުގެ ބޭނުމަކީ މި ދާއިރާތަކުން ހިދުމަތް ދިނުމުގައި މަސައްކަތްކުރާ ފަރާތްތަކުގެ މައުލޫމާތު މުއްސަނދިކޮށް ހޭލުންތެރިކުރުވުންކަމަށެވެ. އަދި މުޖުތަމަޢުއަށް ސައްހަ އަޤީދާ ކިޔައިދިނުމުގައި ދީނީ އިލްމުވެރިންގެ ދައުރު ފުޅާކުރުމަކީވެސް މި މަހާސިންތާގެ ބޭނުމެއްކަމަށް އެ އިސްލާމިކް މިނިސްޓްރީން ބުނެއެވެ.