ads
ލާމުގައި ހިންގާ ސިކްސް ސެންސް ލާމު ރިސޯޓް: ލާމުގައި ޓޫރިޒަމް ފުޅާކުރަން ތިން ރަށް ދުބާއީ ކުންފުންޏަކަށް
ލާމުގައި ޓޫރިޒަމް ފުޅާކުރަން ތިން ރަށް ދުބާއީ ކުންފުންޏަކަށް
ކްލޯސް-ބިޑިންގެ ތެރެއިން ދޫކުރަން ނިންމި ރަށްތަކުގެ ތެރެއިން ލާމުގެ ތިން ރަށް ދުބާއީގެ ކުންފުންޏަކަށް ދީފައިވާ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
Advertisement

ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ފައިސަލް ރޭ ވިދާޅުވީ ދާދި ފަހުން ކްލޯޒް ބިޑިންގ ދަށުން ހުޅުވާލި ރަށްތަކުގެ ތެރޭގައި ލ. އަތޮޅުގެ ތިން ރަށަކަށް މިހާރު ޕްރޮޕޯސަލް ލިބި އިވެލުއޭޓް ކުރެވި، ރައީސް އޮފީހުގެ ޕޮލިިސީ ޑިޕާޓްމެންޓަށް ފޮނުވާ، ރައީސް ޑރ. މުއިއްޒުގެ ހުއްދައާއި އެކީގައި ދުބާއީ ކުންފުންޏަކަށް އެވޯޑް ސިޓީ ހަވާލުކޮށްފައިވާ ކަމަށެވެ. 

އަދި ވިދާޅުވީ އެ ތިން ރަށުގެ ތެރެއިން އެއް ރަށަށް ދައްކަން ޖެހޭ ފައިސާ، އެ ކުންފުނިން މިހާރު މީރާއަށް ދައްކާފައިވާ ކަމަށެވެ. އަނެއް ދެ ރަށަށް ދައްކަން ޖެހޭ ފައިސާ ވެސް ވަރަށް އަވަހަށް ދައްކާނެ ކަމަށް ވިދާޅުވި އެވެ. 

"ކުރިއަށް އޮތް ދެ ތިން މަސްތެރޭ އެ ރަށްތައް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ" އެއީ ކޮން ތިން ރަށެއްކަން ޖަލްސާގައި ވިދާޅުނުވެ، ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ލ. އަތޮޅު ރައްޔިތުންނަކީ ޓޫރިޒަމަށް ވަރަށް ބޮޑަށް ފެންބޮވައިގެންފައިވާ ބައެއް ތިބޭ ތަނެއް ކަމަށެވެ. ފައިސަލް ވިދާޅުވީ، ލ. އަތޮޅު ރައްޔިތުންނަކީ ޓޫރިޒަމަށް ވަރަށް ބޮޑަށް ފެންބޮވައިގެންފައިވާ ބައެއް ތިބޭ ތަނެއް ކަމަށެވެ. އަދި ޗައިނާގެ ޕާޓީއަކުން ލ. އަތޮޅު ބަރެސްދޫގެ ކަންކަން ބެލުމަށްޓަކައި އެތަނުގައި އެބަ ތިބި ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.  

މީގެ އިތުރުން ފައިސަލް ވިދާޅުވީ މިދިޔަ މެއި މަހު ޗައިނާގައި އޮތް އައިޓީބީ ފެއާގައި އެގައުމުގެ އިސްޓަން އެއާލައިންގެ ނައިބު ރައީސާ ބައްދަލުކުރައްވައި، އައްޑުއަށް ސީދާ ދަތުރުތައް ފެށުމަށް އެދިވަޑައިގަތް ކަމަށެވެ.

"އަޅުގަނޑު ޔަގީންކުރަނީ ދާދި އަވަހަށް މިއަހަރު ތެރޭގައި އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ޗައިނާގެ އެކި ޕްރޮވިންސްތަކުން އައްޑުއަށް ޑައިރެކްޓް ފްލައިޓް ޖެއްސޭނެ ކަމަށް،" ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަން ތަރައްގީ ކުރަން ވޭތުވެދިޔަ ހުރިހާ ސަރުކާރަކުން ވެސް ނުކުޅެދިފައިވާ ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބަށް އެ ސިޓީއަށް ވަޑައިގެން، ވެރިކަމުގެ ފުރަތަމަ އަހަރު ޝަންގްރިއްލާ ހުޅުވާނެ ކަމަށް ވައުދުވެވަޑައިގަތްކަން ފައިސަލް ފާހަގަކުރެއްވި އެވެ.

ފައިސަލް ވިދާޅުވީ ރައީސް އަންނަ ޑިސެމްބަރު މަހު އައްޑުއަށް ވަޑައިގަންނަވާނެ ކަމަށާއި އެހާތަނަށް، ޝަންގްރިއްލާގެ މަސައްކަތްތަކެއް ނިމިފައި ހުރުމަކީ އެ މަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމަށެވެ.

އެހެންވެ، ޝަންގްރިއްލާ ހުޅުވުމަށް އެންމެ މުހިންމު މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް