ads
ކެންޑިޑޯ ކޮސްޓާ
ޕޯޗުގަލްގެ ކުރީގެ ކުޅުންތެރިޔާ ކޮސްޓާ، ފުށިފަރުގައި ހާއްސަ ޓްރެއިނިންއެއް ބާއްވަނީ
ޕޯޗުގަލްގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ، ކެންޑިޑޯ ކޮސްޓާ، ފުށިފަރު މޯލްޑިވްސްގައި އެކްސްކްލޫސިވް ފުޓްބޯޅަ ކޭމްޕެއް ބާއްވަން ނިންމައިފި އެވެ.

ފުށިފަރު ރިސޯޓުން ބުނި ގޮތުގައި ޕޯޗުގަލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ނުފޫޒުގަދަ ޝަޚުސިއްޔަތު ކެންޑިޑޯ ކޮސްޓާ އެ ރިސޯޓަށް ޒިޔާރަތްކޮށް އެކްސްކްލޫސިވް ފުޓްބޯޅަ ކޭމްޕެއް ބާއްވާނީ އަންނަ ހަފްތާގައެވެ.

މި ފޯރިގަދަ އިވެންޓް އޮންނާނީ ޖުލައި 17 އިން ފެށިގެން 24 އަށް ކަމަށް ފުށިފަރު ރިސޯޓުން ބުންޏެވެ.  މި އިވެންޓުގައި މެހެމާނުންނާއި ފުޓްބޯޅަ ކުޅުންތެރިންނަށް ކެންޑިޑޯ ކޮސްޓާއާއެކުތަމްރީނު ކުރުމުގެ ތަފާތު ފުރުސަތެއް ލިބިގެންދާނެ ކަމަށް ފުށިފަރު ރިސޯޓުން ބުންޏެވެ.

ކެންޑިޑޯ ކޮސްޓާއަކީ ކުރިން ޕޯޗުގަލްގެ ޒުވާން ގައުމީ ޓީމުތަކަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ. އުމުރުން މިހާރު 43 އަހަރުގެ ކެންޑިޑޯ ކޮސްޓާ، ޔޫރޯގެ ދުވަސްވަރު ޕޯޗުގަލް ޓީމުގެ ޕީއާރު ރިލޭޝަންސްގެ ޓީމުގައި ހިމެނުނެވެ. އޭނާ ކުޅުން ހުއްޓާލުމަށް ފަހު މަސައްކަތް ކުރަމުންދަނީ ކޮމެންޓޭޓަރެއް އަދި އެނަލިސްޓެއްގެ ގޮތުގައެވެ. އޭނާ މިހާރު މަސައްކަތް ކުރަނީ މަޝްހޫރު ޗެނަލް އިލެވަންގައެވެ.

ކެންޑިޑޯ ކޮސްޓާ ލީޑް ކުރާ އެކްސްކްލޫސިވް ޓްރެއިނިން ޕްރޮގްރާމް އޮންނަ ފުށިފަރު ރިސޯޓަކީ ބެސްޓް ބުޓިކް ރިސޯޓް އިން މޯލްޑިވްސް އެވޯޑް އެތައް ފަހަރަކު ހޯދާފައިވާ ރިސޯޓެކެވެ. މި ރިސޯޓުގައި ކެންޑިޑޯ ކޮސްޓާ ބާއްވާ ޓްރެއިނިންގެ އިތުރުން ރިސޯޓްގެ މުވައްޒަފުންނަށް ހާއްސަ ޓީމް ބިލްޑިން ޕްރޮގްރާމެއްވެސް ކެންޑިޑޯ ކޮސްޓާ ކުރިއަށް ގެންދާނެ ކަމަށް އެ ރިސޯޓުން ބުންޏެވެ.

ކެންޑިޑޯ ކޮސްޓާގެ ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން ފަރާތްތަކުން ފުށިފަރު މޯލްޑިވްސް ވެބްސައިޓަށް ޒިޔާރަތްކޮށް ނުވަތަ ރިޒަވޭޝަނަސް ޓީމާ ގުޅައިގެން ކުރިއަށް ގެންދިޔުމަށް ރިސޯޓުން އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް