ads
ޑިމޮކްރެޓްސްގެ ރައީސް ހަސަން, ރައީސް އާއި ބައްދަލު ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
ޑިމޮކްރެޓްސްގެ އަހަރީ ދުވަހު ރައީސް މުއިއްޒުގެ ތަހުނިޔާ
ދަ ޑިމޮކްރެޓްސް ޕާޓީއަށް އެއް އަހަރު ފުރުމާއި ގުޅިގެން ރައީސް، ޑރ. މުހައްމަދު މުއިއްޒު އެ ޕާޓީއަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޑިމޮކްރެޓްސްގެ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޕާޓީގެ އިސްވެރީންނާއި މެންބަރުންނަށް ވިދާޅުވެފަ އެވެ.

ޑިމޮކްރެޓްސް އަކީ އެމްޑީޕީގައި އިސްކޮށް އުޅުއްވުމަށް ފަހު ވަކިވެވަޑައިގެންނެވި ބޭފުޅުންތަކެއް އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.

4364 މެންބަރުން މިވަގުތު ތިބި، ޑިމޮކްރެޓްސްގެ ފަރާތުން މިދިޔަ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ވެސް ނެރުނެވެ. އަދި މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރި އެވެ.

ނަމަވެސް ނިމިދިޔަ މަޖިލީސް އިންތިހާބު ގައި އެ ޕާޓީއަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވި އެވެ. އެ ޕާޓީގެ ޓިކެޓްގައި ވާދަކުރި އެއްވެސް ކެންޑިޑޭޓަކަށް ގޮނޑި ކާމިޔާބެއް ނުކުރެވުނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް