ads
ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އެތްލީޓުން؛ ފޮޓޯ ސިޑިބަރު
ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އެތްލީޓުން ލަންކާގައި
ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ސްރީ ލަންކާގައި އޮންނަ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރަން ތައްޔާރުވެއްޖެއެވެ.

ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނަކީ ރާއްޖޭގައި އެންމެ އެކްޓިވް އެއް އެތުލެޓިކްސް ކްލަބެވެ. ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޖޫނިއާ ޓީމުން މިހާރު ތިބީ ލަންކާގައި މާދަމާ ފަށާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އެ ގައުމަށް ގޮހެވެ. އެ ކްލަބުގެ 16 އެތްލީޓުން ލަންކާގައި އެބަތިބި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ލަންކާ މުބާރާތުގައި ފީލްޑް އެންޑް ޓްރެކް އެސޯސިއޭޝަންގެ އެތުލީޓުން ވާދަކުރަން ހަމަޖެހިފައިވާ އިވެންޓްތަކަށް ބަލާއިރު، 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމާއި 400 މީޓަރު ދުވުމާއި 800 މީޓަރު ދުވުމާއި 1500 މީޓަރު ދުވުމުގެ އިތުރުން، 3000 މީޓަރު ދުވުން ހިމެނެ އެވެ. އަދި ހާޑްލްސް އާއި ޖެވެލިން އާއި ޑިސްކަން ތުރޯ އަދި ޓްރިޕްލް ޖަމްޕްގައިވެސް ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އެތްލީޓުން ވާދަކުރާނެއެވެ.

ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަރާތުން ލަންކާ މުބާރާތުގައި ވާދަކުރާ އެތުލީޓުން

ފަސޫހާ އަހުމަދު

އައިޝަތު ބިންތި އަހުމަދު

ޒީކް އަޝްރަފް ރަޝީދު

އައިދު އަބްދުﷲ ރިފާއު

މުހައްމަދު ހަލަފް ބިން އަފްރާހް

އައިޝަތު ލައިބާ ނިޝާން

އަމަތުﷲ ބިންތި ޔާމީން

މާވީ ޔޫސުފް އޮލާގާ މާގާ

ލޫތު މުހައްމަދު ފައިޒާން ސާބިގު

ޝުއާ އަހުމަދު ރިޝްފާން

އައިމިނަތު ލުމާ އަސްލަމް

އަހުމަދު އިޔާން އިގްބާލް މުހައްމަދު

މުހައްމަދު ނައުފް ނާޒިރު

ޒޯހާ ބިންތި އުސާމާ އަލީ

މުހައްމަދު އަޔާން ޝަފީއު

އައިނީ މުހައްމަދު ނާސިރު

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް