ads
ސައުތުގޭޓް
އިނގިރޭސި އެފްއޭގެ ފުރިހަމަ އިތުބާރު ސައުތުގޭޓަށް
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗުން ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް، އިގިރޭސި އެފްއޭއިން ބޭނުންވަނީ ގެރެތު ސައުތުގޭޓް ޓީމުގެ ކޯޗުގެ މަގާމުގައި ހުންނަން ކަމަށް ރިޕޯޓްތައް އަނެއްކާވެސް ބުނަން ފަށައިފިއެވެ.
Advertisement

ޔޫރޯގެ ސެމީ ފައިނަލްގައި ނެދަލެންޑްސް ބަލިކޮށް އިނގިރޭސިންވަނީ ފައިނަލުން ޖާގަ ހޯދާފައެވެ. ސައުތުގޭޓުގެ އިރުޝާދުގެ ދަށުން މިއީ ޔޫރޯގެ ފައިނަލުގައި އިނގިރޭސިން ވިދިވިގެން ކުޅޭ ދެވަނަ ފަހަރެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޔޫރޯ ފައިނަލުން ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް އެފްއޭއިން ބޭނުންވަނީ 2026 ވަނަ އަހަރުގެ ވޯލްޑްކަޕާ ހަމައަށް ސައުތުގޭޓްގެ އެ މަގާމުގައި ހުންނާށެވެ. ޔޫރޯގެ ކުރިންވެސް ހަގީގަތުގައި އެފްއޭއެގ ސްޓޭންޑަކީ އެއިއެވެ. އެކަން އޭނާއަށް މިހާރު ނުރަސްމީކޮށް އަންގާފައިވާ ކަމަށް އިގިރޭސި މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިގިރޭސި ޓީމުގައި ސައުތުގޭޓް ބަހައްޓަން ބޭނުންވާ ކަމަށް އިގިރޭސި އެފްއޭއާ ހަވާލާދީ ރިޕޯޓްތައް ބުނާއިރު، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނުހޯދިއްޖެނަމަ، އިންގްލޭންޑްގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުގައި އިތުރަށް ދެމި ނުހުންނާނެ ކަމުގެ އިޝާރާތެއް، ސައުތުގޭޓްވަނީ މުބާރާތުގެ ކުރިން ދީފައެވެ. އެހެންނަމަވެސް ފަހުން އޭނާ އެކަމާ ގުޅޭ ގޮތުން ވާހަކައެއް ނުދައްކައެވެ.

ސައުތުގޭޓް އިންގްލެންޑްގެ ހެޑް ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. ސައުތުގޭޓް ގަބޫލުކުރާ ގޮތުގައި ޔޫރޯއަކީ ތަށްޓެއް ހޯދުމަށް އޭނާއަށް ލިބޭ އެންމެ ފަހި އަދި އެންމެ ފަހު ފުރުސަތަށްވުމަކީ އެކަށީގެންވާ ކަމެކެވެ. އުމުރުން 53 އަހަރުގެ ކޯޗުވަނީ ޔޫރޯ 2020 ގެ ފައިނަލަށް އިންގްލެންޑް ލީޑްކޮށްދީ، 2019 ވަނަ އަހަރު ނޭޝަންސް ލީގުގެ ތިން ވަނަ އަށް އިންގްލެންޑް ގެންގޮސްދީފައެވެ.

ޔޫރޯގައި އިންގްލެންޑުން ގްރޫޕް ސީގެ އެއްވަނަ ހޯދީ، ސާބިއާ، ޑެންމާކް އަދި ސްލޮވޭނިއާ އެކު އޮވެއެވެ. ދެވަނަ ބުރުގައި ސްލޮވީކިއާ ބަލިކޮށް ކުއާޓާގައި ސްވިޒަލެންޑް ބަލިކޮށް އަދި ސެމީގައި ނެދަލެންޑްސް ބަލިކުރުމާއެކު ސައުތުގޭޓުގެ އިތުބާރުވަނީ ބޮޑު ވެފައެވެ. އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލްގައި އިނގިރޭސިން ނުކުންނާނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ފައިނަލަށް ދިޔަ ސްޕެއިނާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް