ads
ސަންޗޯ ޔުނައިޓެޑުގެ ޕްރެކްޓިހުގައި
މައްސަލަތައް ހައްލުކޮށް ސަންޗޯ އަލުން ޔުނައިޓެޑަށް
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގާ ޖެހުނު މައްސަލަތައް ހައްލުކޮށް، ޒުވާން ކުޅުންތެރިޔާ ޖޭޑަން ސަންޗޯ އަލުން އެނބުރި ޔުނައިޓެޑުގެ ޓީމާ ގުޅި، ޕްރީ ސީޒަން ޓްރެއިންގައި ބައިވެރިވާން ފަށައިފިއެވެ.

ޓެންހޭގާ ސަންޗޯއާ ދެމެދު ޖެހުނު މައްސަލަތަކަށް ފަހު، މިދިޔަ ސީޒަންގެ ކުރީކޮޅު އޭނާއަށް ޓީމުން ފުރުސަތު ގެއްލުނެވެ. އަދި ފަހުން ލޯން އެއްބަސްވުމެއްގެ ދަށުން އޭނާ ވަގުތީ ގޮތުން ކްލަބުން ދޫކޮށްލީއެވެ.

އޭރުގެ ރިޕޯޓުތައް ހުރީ ފަހުން ދެން މާފަށް އެދުނު ނަމަވެސް ޔުނައިޓެޑުގެ ދޮރު ސަންޗޯއަށް ބަންދުވީ ކަމަށެވެ. ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓްތަކަކާ ގުޅިގެން އުފެދުނު މި މައްސަލައް އެތައް ހަފްތާއަކަށް ފަހު ހައްލުވެ، ޕްރީ ސީޒަންގައި މިހާރު ސަންޗޯ އަންނަނީ ބައިވެރިވަމުންނެވެ.

އުމުރުން 24 އަހަރުގެ ސަންޗޯ ޔުނައިޓެޑާއި ގުޅުނީ 2021 ވަނަ އަހަރު 73 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް ޔުނައިޓެޑަށް 58 މެޗު ކުޅެދީ ނުވަ ލަނޑު ޖަހައިދީފައެވެ.

ޔުނައިޓެޑުގެ ކޯޗާ ޖެހުނު މައްސަލަތަކާ ގުޅިގެން ލޯން އެއްބަސްވުމެއްގެ ދަށުން ސަންޗޯ ދޫކޮށްލީ އޭނާގެ ކުރީގެ ކްލަބު ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑަށެވެ. ބޮރޫޝިއާއާއެކު ރަނގަޅު ކުޅުމެއް ކުޅެ ސަންޗޯވަނީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްވެސް ކުޅެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް