އެނގިފައިވާ ގޮތުގައި، ސައީދަށް ހާޓް އެޓޭކެއް ޖެހުނީ މިދިޔަ ބޮޑު އީދު ބަންދުގައި ރާއްޖޭގައި ހުއްޓައެވެ. ހާޓް އެޓޭކް ޖެހުމުން ސައީދު ލަންކާއަށް ގެންގޮސް ފަރުވާދޭން ފެށިއެވެ. އޭގެ ފަހުން ހާލު ރަނގަޅުވެފައި މިހާރު އަނެއްކާވެސް ހާލު ގޯސްވެ ފަރުވާ ދެމުންދާކަމަށް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން ސައީދުގެ އާއިލާން ވަކި އެއްޗެއް އަދި ނުބުނެއެވެ.
ސައީދު ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ހުންނެވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 16 އިން ފެށިގެން މިދިޔަ ވެރިކަން ނިމެންދެނެވެ.