ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ މިނިސްޓަރު ގައްސާން އާ ކުރެއްވި ބައްދަލުވުމުގައި އެ ރަށު ރައްޔިތުންނާއި ގުޅުންހުރި ގިނަ ކަންތައްތަކެއްގެ މަޝްވަރާތަކާއި ހިޔާލު ބަދަލުކުރެވިގެން ދިޔަ ކަމަށެވެ.
އެގޮތުން އެބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލައް ސިޓީ މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު އަދި ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިންގެ އިތުރުން ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓާ އަހުމަދު މުހައްމަދު ވަނީ ބައިވެރިވެ ވަޑައިގަންނަވައިފައިވާކަމަށް ސިޓީ ކައުންސިލްއިން މައުލޫމާތުދެ އެވެ.
މީގެ އިތުރުން ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުން ފުވައްމުލައް ސިޓީގެ ރައްޔިތުންނާއި ގުޅުންހުރި އެކި ކަންކަމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ދިނުމަށް މިހާރަށްވުރެން ރަނގަޅަށް ކުރެވިދާނެ ގިނަ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
އޭގެ އިތުރުން ޑިފެންސް މިނިސްޓްރީއާއި ކައުންސިލުން ގުޅިގެން ކުރެވެން ހުރި އެކި ކަންކަމާއި މެދުވެސް މަޝްވަރާކުރެވުނު ކަަމަށް ފުވައްމުލައް ކައުންސިލުން ބުނެ އެވެ.
މިއަދު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީ މޭޔަރު، ކައުންސިލަރުން، އަދި އެއިދާރާގެ ބައެއް އިސްވެރިންވަނީ ބައިވެރިވެފައިވާކަމަށް އެ ކައުންސިލުން ހާމަކުރެ އެވެ.