ads
މާރަންދޫ ކައުންސިލްގެ ނާއިބު ރައީސް އަހްމަދު ރަމީޒު
މާރަންދޫ ކައުންސިލްގެ ނައިބު ރައީސް ކުއްލި ގޮތަކަށް ނިޔާވެއްޖެ
ހއ. މާރަންދޫ ކައުންސިލްގެ ނައިބު ރައީސް، އަހުމަދު ރަމީޒު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

ރަމީޒު ނިޔާވީ މިއަދު ހަވީރު މާރަންދޫ ގައި ފުޓްބޯޅަ ކުޅެން ހުއްޓާ އުނދަގޫތަކެއް ވާތީ ފަރުވާއަށް އެ އަތޮޅު ވެރިރަށް -- ދިއްދޫއަށް ގެންގޮސް ފަރުވާ ދެނިކޮށެވެ. 

މާރަންދޫން "ސީއެންއެމް" އަށް މައުލޫމާތު ދިން މީހަކު ބުނީ ރަމީޒު ނިޔާވީ، ހަވީރު އެ ރަށުގައި އޮތް ފުޓުބޯޅަ މެޗެއްގައި ކުޅުމަށް ފަހު ހާލު ދެރެވެގެން ގޮސް އެ އަތޮޅު ދިއްދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

އޭނާ ބުނީ ރަމީޒު ކުޅެން ހުރެފައި ވަކި ހިސާބަކުން މާ ބޮޑަށް ވަރުބަލިވާތީ ކަމަށް ބުނެ، ދަނޑުން ފައިބާ ބެންޗުގައި ވެސް ވަގުތުކޮޅަކު އިންކަމަށެވެ.

"ބެންޗުގައި އިނދެފައި ވެސް ހޮޑުލި. ދެން މާބޮޑަށް ހާލު ދަށްވާތީ ރަށުގެ ސިއްހީ މަރުކަޒަށް ގެންދިޔައީ. ވަކި ހިސާބަކުން ހޭ ވެސް ގޮސްފި،" މާރަންދޫ ވާހަކަ ދެއްކި މީހާ ބުންޏެވެ.

މީހުންނާ ވަރަށް ގުޅޭ އެކުވެރި މިޖާޒެއްގެ ރަމީޒަކީ އަތޮޅުގެ ގިނަ ބަޔަކާ ވެސް ގުޅުން އޮންނަ މީހެކެވެ. މާރަންދޫގެ އިޖްތިމާއީ ތަރައްގީ ކަންކަމުގައި ވަރަށް އިސްނަގާ ހަރަކާތްތެރިވި މީހެކެވެ.

ރަމީޒަކީ މާރަންދޫ ކައުންސިލްގައި އެމްޑީޕީ ތަމްސީލު ކުރައްވަމުން ގެންދެވި މެންބަރެކެވެ. އުމުރުން 40 އަހަރާ ގާތްވެފައިވަނިކޮށް އޭނާ ނިޔާވިވިއިރު، އަތްބަކާއި ތިން ކުދިން ހުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް