އެ ކައުންސިލުން ބުނީ ސްކޫމްގެ ބޭނުމަކީ ކުޅުދުއްފުށި ސިޓީގައި މަސައްކަތްތެރިން އިތުރުކުރުމަށާއި، އަލަށް ވިޔަފާރި ފެށުމަށް އަދި ކުދި ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވެ ދިނުންކަމަށެވެ. ކުޅުދުއްފުށީ ކައުންސިލުން މި ސްކީމް ތައާރަފުކޮށްފައި މިވަނީ އެ ކައުންސިލަށް 3 އަހަރު ފުރުމުގެ މުނާސަބަތާއި ދިމާކޮށެވެ. ކައުންސިލަށް 3 އަހަރުވުން ރޭ ވަނީ ވަރަށް ކުލަގަދަކޮށް އެ ސިޓީގައި ފާހަގަކޮށްފަ އެވެ.
މިސްކީމްގެ ގޮތުގައި ފައިސާ ދޭ މިންވަރު އަދި މުއްދަތު
ކުޅުދުއްފުށި ކައުންސިލަށް 3 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ކުޅުދުއްފުށީ ކައުންސިލުން ބުނީ މިސްކީމްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެ ފުރުސަތު އަންނަމަހުގެ 15 ދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ. ސްކީމަށްް އެދޭ ފޯމު މިސްކީމްގެ ދަށުން ފައިސާ ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އަދި ފޯމާއިއެކު ހުށަހަޅަންޖެހޭ ބިޒްނަސް ޕްރޮޕޯސަލްގެ ޓެމްޕްލޭޓް ދިވެހި ސަރުކާރުގެ ގެޒެޓުން ގެޒެޓުން ލިބެން ހުންނާނެކަަމަށެވެ.
މި ސްކީމާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ދެ ޝެޝަނެއް ބޭއްވުމަށް ކުލުދުށްފުށީ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އަންހެން ވިޔަފާރިވެރިންނަށްް ބާއްވާ މައުލޫމާތު ދިނުމުގެ ޝެޝަން އޮންނާނީ 21 ޖުލައިގައެވެ. ފިރިހެން ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުން އޮންނާނީ 22 ޖުލައިގައިކަމަށް ކުޅުއްފުށީ ސިޓީ ކައުންސިލުން ބުނެއެވެ.