ads
ދުނިޔޭގެ ދެ ޗެމްޕިއަނުންގެ ފުރަތަމަ ފައިނަލް
ދުނިޔޭގެ ދެ ޗެމްޕިއަނުންގެ ފުރަތަމަ ފައިނަލް
ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް މިރޭ، އިންގްލޭންޑާއި ސްޕެއިން ނުކުންނައިރު، މިއީ ކުރިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ދެ ގައުމުން އެއް ގައުމު އަނެއް ގައުމާ ފައިނަލެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
Advertisement

ފައިނަލެއްގައި ސްޕެއިންއާއި އިންގްލަންޑް މީގެ ކުރިން ބައްދަލު ކޮށްފައި ނެތް ނަމަވެސް މި ދެ ޓީމުން ވަނީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި މީގެ ކުރިން އެތައް ފަހަރަކު ކުޅުނެވެ.

މުޅިން އަލަށް ޔޫރޯ ކާމިޔާބު ކުރުމުގެ އުއްމީދާއެކު، އިންގްލަންޑް މިރޭ ނުކުންނައިރު، ސްޕެއިން ނުކުންނާނީ ހަތަރުވަނަ ފަހަރަށް މުބާރާތް ކާމިޔާބުކޮށް، އެންމެ ގިނައިން މުބާރާތް ހޯދި ޓީމުގެ ރެކޯޑު ހެދުމަށެވެ.

އިންގްލަންޑަށް މިއީ، ވިދިވިދިގެން ޔޫރޯގެ ފައިނަލަށް ނުކުންނަ ދެވަނަ ފަހަރެވެ. އެންމެ ފަހުން އޮތް ޔޫރޯގެ ފައިނަލުގައި އިންގްލަންޑް ބަލިވީ، ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުންނެވެ. ސްޕެއިން އެންމެ ފަހުން ޔޫރޯ 2012 ވަނަ އަހަރެވެ. 2008 ގެ ޗެމްޕިއަނުންނަކީވެސް ސްޕެއިންއެވެ.

ހެޑްސް ޓު ހެޑް 

ވޯލްޑް ކަޕް 1950 - ސްޕެއިން 1 - 0 އިންގްލެންޑް

ޔޫރޯ 1968 - ސްޕެއިން 0 - 1 އިންގްލެންޑް

ޔޫރޯ 1980 - ސްޕެއިން 1 - 2 އިންގްލެންޑް

ވޯލްޑް ކަޕް 1982 - ސްޕެއިން 0 - 0 އިންގްލެނޑް

ޔޫރޯ 1996: ސްޕެއިން 2 - 4 އިންގްލެންޑް (ޕެނަލްޓީ ޝޫޓްއައުޓް)

ނޭޝަންސް ލީގު 18/19: ސްޕެއިން 2 - 1 އިންގްލެންޑް / ސްޕެއިން 2 - 3 އިންގްލެންޑް

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް